ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެއްޓާއި ރަޙުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް އަވަސްކުރަންޖެހޭ: ރައީސް ޞާލިހް

ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން ބައްދަލުވުމުގެ ތެެރެއިން.. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި، އުޖާލާ މުސްތަގުބަލެއް ކަށަވަރު ކުރުމަށް ޤަދަރުވެރި، ޞުލްޙަވެރި، ތިޔާގި އަދި ތިމާވެއްޓާއި ރަޙުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ފަށަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙަައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް އެފަދައިން ވިދާޅުވީ، އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދިޔަ ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން، (ސެމޯއާ) ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.:

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) އިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ސެމޯއާ ޕާތްވޭގައި ކަނޑައަޅާފައިވާ ކަންކަން ޙާޞިލުވެފައިވާ މިންވަރު ބެލުމަށް މިހާރު ކުރިއަށްދަނީ އެ މުއާހަދާގެ މިޑް-ޓަރމް ރިވިއުކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ އެ މުއާހަދާގެ އަމާޒަކީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިމަގު އުޖާލާކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިމަގު ބައްޓަން ކުރުން ކަމަށެވެ.
މީގެއިތުރުން ކުދި ޖަޒީރާ ޤައުމުތައް އުފެދިފައިވާ ގޮތުން މި މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހުކުރު ދުވަހުގެ ބައްދަލުވުމުގެ ބޭނުމަކީ، ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންކަން ޤައުމުތަކަށް ޙާޞިލް ކުރެވިފައިވާ މިންވަރު ދެނެގަތުމާއި، އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް އެކަށައެޅުން ކަމަށެވެ.

މީގެއިތުރުން ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންތައްތައް ޙާޞިލުކުރެވޭނެ ކަމުގެ އުންމީދު އާލާވެފައިވާ ކަމަށާއި، ނަމަވެސް މިކަމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ދުވެލި ހަލުވި ކުރަންޖެހޭ ކަމުގައި އެކަމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ކުރަން ސިޑްސްގެ ޤައުމުތަކަށް އޮތް ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ސިޑްސްގެ ޤައުމުތަކަކީ ވަރަށް ގިނަ ގޮތްގޮތުން އެހެނިހެން ޤައުމުތަކާއި ތަފާތު ޤައުމުތަކެއް ކަމަށެވެ.

މީގެ ތެރޭގައި އެ ޤައުމުތަކުގެ ޖުޣުރާފިޔާގެ ސިފަތަކާއި، ޤުދުރަތީ ވެށީގެ ނާޒުކު ކަމާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާ މިންވަރު ބޮޑުވުން ހިމެނޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޑްސްގެ ޤައުމުތަކުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ބޭނުންވާނެ ކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވަނީ އެ ފަރާތްތަކުން އެ ގޮތުގައި ދެމިތިބުމަށް ގޮވާލެއްވިއެވެ.

ސިޑްސްގެ ޤައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރާއިމެދު ވާހަކަފުޅު ދައްކަވަމުން، ރައީސް ޞާލިހް ވިދާޅުވީ، އެކަމުން ލިބޭ މަންފާތަކަކީ ދުރު ރާސްތާއެއްގައި ޙާޞިލުވާނެ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން އޭގެ ނަތީޖާއަކަށް ވާނީ، ޞުލްޙައާއި، ހަމަޖެހުމާއި، ތިޔާގިކަން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޑްސްގެ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރަށް އިސްކަންދިނުމަށް މާލީ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: