ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގް ކުށްތަކަށް އަހުލުވެރި ކުރުމާ ގުޅޭ ސެޝަންތަކަށް އުއްތަމަފަނޑިޔާރު މާމިގިއްޔަށް!

މިދަތުރުފުޅުގައި އުއްތަމަފަނޑިޔާރުގެ އަރިހުގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގަންނަވާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ފުރާވަޑައިގަންނަވައިފިއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ސުޕްރީމް ކޯޓުން ބުނީ، މިދަތުރުފުޅުގައި އުއްތަމަފަނޑިޔާރުގެ އަރިހުގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ”ސަންގަށް“ މައުލޫމާތު ދެއްވަމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ފަނޑިޔާރުން ވަޑައިގަންނަވަނީ ދާދި ފަހުން އަމަލު ކުރަން ފަށާފައިވާ ގޭންގް ކުށްތަކާ ބެހޭ ޤާނޫނަށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގްރާމްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ތަމްރީނު ޕްރޮގްރާމްތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، ޖުޑީޝަލް އެކަޑަމީއާ ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމްތަކެކެވެ.

އޯގަސްޓު 25 ވަނަ ދުވަހު ގޭންގް ކުށްތަކުގެ ޤާނޫނަށް އަމަލުކުރަން ފަށާއިރު، އެ ޤާނޫނަށް ގުޅުންހުރި އިދާރާތައް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

މި ތަމްރީނުތަކުގެ ޒަރިއްޔާއިން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި،  ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ގޭންގް އަދި ނުރައްކާތެރި ކުށުގެ މައްސަލަތަކަށް ޤާނޫނުން ލިބިދޭ ޙައްލުތައް ކިޔާދިނުމާއި،  އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން، ޕީޖީ އަދި ކޯޓުތަކަށް ލިބިދޭ ޚާއްޞަ ބާރުތަކަށް އަހުލުވެރި ކުރުވުންވެސް ކުރިއަށް ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: