ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައި ޤާއިމްކުރި ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ އެމް.ޕީ.އެލްގެ އޮޕަރޭޝަންސްތަކުގައި ބޭނުންކުރަން ފަށައިފި

ތިލަފުށީގައި ޤާއިމްކުރި "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" އެމް.ޕީ.އެލްގެ އޮޕަރޭޝަންސްތަކުގައި ބޭނުންކުރަން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަފުށީގައި ޤާއިމްކުރި ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ އެމް.ޕީ.އެލްގެ އޮޕަރޭޝަންސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

ޖުމްލަ 2400 ޓީ.އީ.ޔޫގެ މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެއެވެ. މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީއަކީ 2400 ޓީ.އީ.ޔޫސް އެވެ.

ތިލަފުށީގައި ޤާއިމްކުރެވުނު ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ގައި 60 މީޓަރު ކި ވޯލެއް ތަރައްޤީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެނެވެ. އެ މަސައްކަތަށްފަހު، އެ ޑީޕޯގައި އޮޕަރޭޝަންސްގައި ބޭނުންކުރެވޭ ފެންވަރަށް ގެންދިއުމަށް އެމް.ޕީ.އެލްގެ ޓީމުތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: