ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ސެލެބްރެޓީންނާއި ބައްދަލުކުރާތީ ބަޔަކު ހަސަދަރިވޭ: މަހްލޫފް

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފު: ފޮޓޯ ޓްވީޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ހަަރަދުގައި ބޭރު ގައުމުތަކަށް ޒިޔާރަތްކޮށް ބައެއް މަޝްހޫރު ތަރިންނާއި ބައްދަލުކުރާތީ ބައެއް މީހުން އެކަމާއި ދޭތެރޭ ހަސަދަވެރިވާތީ ހިތާމަ ކުރައްވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގައެވެ. މަހުލޫފު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އިންޑިއާގެ މަޝްހޫރު ގިނަ ފިލްމީ ތަރިންނާއި ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ މަހުލޫފް އަކީ އަބަދުވެސް މަޝްހޫރު އެކި ތަރިންނާއި އަދި ފިޓްނެސް އަށް ލޯބި ކުރައްވާ ބޭފުޅެއްކަން އެބޭފުޅާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ކުރައްވާ ޕޯސްޓުތަކުން އެނގެއެވެ.

އެގޮތުން މަހްލޫފް ވަނީ އިންޑިއާގެ ބޮލީވުޑްގައި ބާއްވާ އެންމެ ބޮޑު އެއް އެވާޑް ޝޯ ކަމަށްވާ އައިފާ އެވޯޑްސް ގައި ވެސް 2015 ވަނަ އަހަރު ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެފަހަަރުވެސް މަހުލޫފު ވަނީ ބޮލީވުޑްގެ މަޝްހޫރު އެކި ތަރިންނާއި ބައްދަލުކުރައްވާ ފޮޓޯ ނަންގަވާފައެވެ. 

 

https://twitter.com/AhmedMahloof/status/1177864759116361728

މަހުލޫފް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގައި މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި ބައްދަލުކުރައްވާތީ މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ އެ ބޭފުޅާއަށް ފާޑު ކިޔަމުންނެވެ.

އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން މަހުލޫފު ވިދާޅުވީ، އެބޭފުޅާ އަކީ އަބަދުވެސް މަޝްހޫރު މޮޅެތި މީހުންނާއި ބައްދަލުކުރާ ހިތްވާ ބޭފުޅެއްކަމަށެވެ. ކަމަށާއި އެގޭތެރޭގައި އެތްލީޓުންނާއި އާޓިސްޓުންނާއި އަދި ލީޑަރުން ހިމެނި ވަޑައިގަންނަވާ ކަމަށެވެ.

މަހުލޫފް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި ވަނީ އިންޑިއާގެ މަޝްހޫރު ދެ ކޮމޭޑިއަނުން ކަމަށްވާ ޖޮނީ ލިވަރ އަދި ކަޕިލް ޝަރުމާ އާއިވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ބޮލީވުޑްގެ ލެޖެންޑްރީ ތަރިއެއް ކަމަށްވާ އަމިތާބު ބަޗަންއާއި ވެސް ވަނީ ބައްދަލުކުރައްވާފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: