މިއަދުގެ ދުނިޔޭގައި ހަށިހެޔޮކަމާއި ދުޅަހެޔޮ ސިއްޙަތަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޚާއްޞަކޮށް އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް ”ބެލެންސް ސްޓޫޑިއޯ“ ގެ ނަމުގައި އައު ވެލްނަސް އަދި ފިޓްނަސް ސްޓޫޑިއޯއެއް ތަޢާރަފުވުމަކީ ވަރަށް އުފާވެރި ޚަބަރެކެވެ.
ބެލެންސް ސްޓޫޑިއޯގެ ތަސައްވުރު
ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މި ސްޓޫޑިއޯއަކީ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަކުރެވިފައިވާ ވެލްނެސް ސްޕޭސްއެކެވެ. ޗާންދަނީމަގުގައި ހުންނަ އެމްއެފް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ޤާއިމުކުރެވިފައިވާ މި ސްޓޫޑިއޯގެ މައިގަނޑު އަމާޒަކީ އަންހެނުންނަށް ރައްކާތެރި އަދި ބާރުވެރިކުރުވަނިވި މާހައުލެއް ފޯރުކޮށްދިނުމެވެ.

ޚިދުމަތްތަކާއި ޕްރޮގްރާމްތައް
ބެލެންސް ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ޚާއްޞަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތައް ފަރުމާކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް އަމާޒުކޮށްގެންނެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ވަކި ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.
”އަޅުގަނޑުމެން ހިތައް އެރީ ޕިލާޓީސް އިޒް ނައު ޓްރެންޑިންގ އޭ، އޯލް އޯވަރ ދަ ވޯލްޑް. އެހެންވީމާ ކިހިނެތްތޯއޭ ވާނީ އަޅުގަނޑުމެން ޕިލާޓީޒް ރާއްޖެ އަދި މާލެއަށް، ޑެޑިކޭޑެޓް އަންހެންނުންނަށް އިސްކަން ދީގެން ކުރިއަށް ގެންދަން. އެގޮތުގެ މަތިން އަޅުގަނޑުމެންގެ މަސައްކަތް ފެށީ“
ޕްރޮފެޝަނަލް އިރުޝާދު
ކޮންމެ ކްލާހެއްވެސް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ. މި އިންސްޓްރަކްޓަރުން ކޮންމެ ބައިވެރިއަކަށްވެސް އަމިއްލަ ޤާބިލުކަމާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުޞަތު ދިނުމާއެކު، އެކަށީގެންވާ އިރުޝާދު ފޯރުކޮށްދެއެވެ.

އަންހެނުންގެ ދިރިއުޅުމުގެ ވަޒަން
މިއަދުގެ އަންހެނުންނަކީ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، ގޭތެރޭގެ ޒިންމާތަކާއި، ދަރިން ބެލެހެއްޓުމުގެ ކަންކަމުގައި އުޅެމުންދާ ބައެކެވެ. މި ހުރިހާ ޒިންމާތަކެއްގެ ތެރޭގައި އަމިއްލަ ސިއްޙަތަށް ވަގުތު ހޯދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ބެލެންސް ސްޓޫޑިއޯއިން މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރެއެވެ.

ރަޖިސްޓްރޭޝަން އަދި އިތުރު މަޢުލޫމާތު
މިއަދު ރަސްމީކޮށް ހުޅުވާފައިވާ މި ސްޓޫޑިއޯގެ ކްލާސްތަކަށް ރަޖިސްޓަރވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އިންސްޓަގްރާމްގައި @balance.mv އަށް މެސެޖްކުރެއްވުމަށް ދަންނަވަމެވެ.
ބެލެންސް ސްޓޫޑިއޯގެ ތަޢާރަފާއެކު، ރާއްޖޭގެ އަންހެނުންނަށް އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ކަށަވަރެވެ. އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

