ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޯބަރު މަސް ނިމުމުގެ ކުރިޔަށް ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރެވޭނެ!

ހދ. އަތޮޅުގެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރު މަސް ނިމޭ އިރު ރާއްޖޭގެ އޭޓީއެމްގެ ހިދުމަތް ގާއިމު ނުވެ އިން ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އަތޮޅުތަކަށް ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މ. މުލީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި މިރޭ ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ބޭންކިން ނިޒާމު އަދި އޭގެ އިތުރަށް އޭޓީއެމްގެ ހިދުމަތް ގާއިމު ކުރުމާއި ގުޅޭގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ.

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން ރަށްތަކުގައި އޭޓީއެމްތައް ގާއިމު ކުރަމުން ދަނީ ރައްޔިތުންނަށް އިންތިހާއަށް އެކި ދަތިތައް ދިމާވާތީ ކަމަށެވެ. އެއާއި އެކު މިހާރު ރަށްތަކުގައި ބަހައްޓަމުންދާ އޭޓީއެމްއާއި އެކު، މި ހިދުމަތް ނުލިބި ހުރި ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމު ކުރެވުނީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށެވެ.

އޮކްޓޯބަރު މަސް ނިމޭއިރުގައި… މި އަންނަ މަސް ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބަހައްޓައި ނިމޭނެ.. އެއީ އަޅުގަނޑު ވައުދުވެފައި އޮތް ތާރީހުގެ ދެ މަސް ކުރިން.. ރިޔާސީ ބަޔާނުގައި އިއުލާނު ކުރިން މި އަހަރު ނިމޭއިރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހަައްޓައި ނިމޭނޭ.. އެހެން ނަމަވެސް އޭގެ މާކުރިން އޭޓީއެމް ބަހައްޓައި ނިމޭނެ..

ސަރުކާރުން ކުރިޔަށް ގެންދާ މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވަނީ ލިބިފައެވެ. އެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ފަސޭހަކަން ލިބި، ދުވަހުން ދުވަހަށް ކުރަންޖެހޭ މާލީ މުއާމަލާތްތައް ވެސް ފަސޭހަވެގެން ގޮސްފައިވާކަމަށެވެ.

މީގެއިތުރުން އިގްތިސާދީ ގޮތުން ރާއްޖޭގެ ހަރަކާތްތައް އިތުރުވުމާއި އެކު، ވިޔަފާރިތައް ފުޅާވުމަށް ވެސް މަގުފަހިވެގެން ގޮސްފައިވާކަމަށް ވިދާޅުވި އެވެ.

އޭޓީއެމް ހިދުމަތް ނެތް ރަށްރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އޭޓީއެމް ނުހުންނަ ރަށްރަށުގެ ރައްޔިތުން، ކައިރީގައި އޭޓީއެމް ހުންނަ ރަށަކަށް އަތުން ހަރަދުދުކޮށް ފައިސާގެ މުއާމަލާތްތަކަށް ދާން ޖެހޭކަމަށެވެ. ހާއްސަކޮށް ބައެއް ރަށްތަކުގެ ވިޔަފާރިވެރިންނަށް ފައިސާ ޖަމާ ކުރުމުގައި ދަތިތައް ދިމާވާއިރު، އެހެން ރަށަކަށް ގޮސް އެކަން ކުރުމަކީ އެއީ ފަސޭހަ އަދި އެންމެ ރައްކާތެރި ގޮތެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ހުރިހާ ރަށެއްގައި ވެސް އޭޓީއެމް ގާއިމުވެގެން ދިއުމާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: