ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ވާދަވެރިކަމުގެ ތެރެއަށް ނުގެއްލި ހުރިހާ ލީޑަރުން ގުޅިގެން މަސައްކަތްކުރަންޖެހޭ: އިމްރާން

އިމްރާން ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއަށް ނުގެއްލި، މިހާރު އޮތް ސަރުކާރާ ދެކޮޅަށް ހުރިހާ ޕާޓީތަކުން މަސައްކަތްކުރުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ، ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑިގެން ދިއުމަށް ނޭދޭނަމަ އަދި ރައްޔިތުން ތަދުމަޑުކަމެއްގައި ޖެހޭ މަންޒަރު ދެކެން ބޭނުން ނުވާނަމަ، ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތްކުރަން މިހާރު ވަނީ ޖެހިފައި ކަމަށެވެ.

”ދިވެހި ދައުލަތް ހިންގުމަށްޓަކައި ގިނަ ރައްޔިތުންތަކެއް ގުރުބާންވެގެން ހަރުދަނާ ނިޒާމެއް އެކަށައަޅާފައިވޭ. އެ ނިޒާމު ހަލާކުކޮށް ސުންނާފަތިކޮށްލުމަށް ބަޔަކަށް ޖާގަ ދޭން ނެތްނަމަ ގުޅިގެން މަސައްކަތްކުރަންޖެހޭ،“އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް އާސަންދައިން ބޭސްފަރުވާ ކުރެވޭކަން ކަށަވަރުވެފައި އޮތުމަށް އެދޭނަމަ އަދި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭކަން ކަށަވަރުކުރަން ބޭނުންވާނަމަ، ސިޔާސީ ޕާޓީތަކުން އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހެއެވެ.

އިމްރާން ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ކާކަށްތޯ ބެލުމުގެ ބަދަލުގައި، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ވަގުތު މިހާރު ވަނީ ޖެހިފައި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަ މަގަކަށް ނާޅުވައިފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެއް ނޯންނާނެ ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށްވެސް އިމްރާން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: