ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިލާޓީސްއަކީ މިހާރު ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ނުހަނު މަޤްބޫލުވަމުން އަންނަ ކަސްރަތެއް: ޑރ މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕިލާޓީސްއަކީ މިހާރު ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ނުހަނު މަޤްބޫލުވަމުން އަންނަ ކަސްރަތެއްކަމަށް މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އަދި ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ، އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް ”ބެލެންސް ސްޓޫޑިއޯ“ ގެ ނަމުގައި އައު ވެލްނަސް އަދި ފިޓްނަސް ސްޓޫޑިއޯއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، ޕިލާޓީސް ފަދަ ކަސްރަތުތަކަށް ޚާއްސަކޮށްގެން ބެލެންސް ސްޓޫޑިއޯ ފަދަ ތަނެއް ހުޅުވިގެން ދިއުމަކީ އެކި އުމުރުފުރާތަކުގެ އަންހެނުންނަށްވެސް އޭގެ ފައިދާތައް ކުރާނެ ކަމެއް ކަމަށެވެ.

އެކި ސައިޒްގެ، އެކި ފޯރމްގެ، އެކި އޭޖް ގްރޫޕްގެ ބޭފުޅުންނަށް ބައިވެރިވެވޭ ކަމެއް މިއީ ޕިލާޓީސްއަކީ

މިނިސްޓަރ ވިދާޅުވީ، ޕިލާޓީސްއަކީ މިހާރު ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ނުހަނު މަޤްބޫލުވަމުން އަންނަ ކަސްރަތެއް ކަމަށެވެ. އަދި މި ބާވަތުގެ ކަސްރަތުގައި އެކި ބައިތައް ހިމެނޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ހަށިގަނޑު ޓޯން ކުރުމާއި، ފްލެކްސިބަލް ކުރުން އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާ ގުޅޭ ކަންކަން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ގިނަ ވަގުތު އެކިއެކި މަސައްކަތްތަކުގައާއި ގޭގެ މަސައްކަތުގައި އުޅޭ އަންހެނުންނަށްވެސް ސިއްޙީ ރަނގަޅު ދިރިއުޅުމެއް ބައްޓަން ކުރުމަށް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ވިހާވެސް ގިނަ ފަރާތްތަކުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ބެލެންސް ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ޚާއްޞަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތައް ފަރުމާކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް އަމާޒުކޮށްގެންނެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ވަކި ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.

ކޮންމެ ކްލާހެއްވެސް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ. މި އިންސްޓްރަކްޓަރުން ކޮންމެ ބައިވެރިއަކަށްވެސް އަމިއްލަ ޤާބިލުކަމާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުޞަތު ދިނުމާއެކު، އެކަށީގެންވާ އިރުޝާދު ފޯރުކޮށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: