ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް 2.0 މަގުޗާޓުގެ މަޤްޞަދަކީ ދުނިޔޭގެ ”ބެސްޓް ޕްރެކްޓިސަސް“ ރާއްޖޭގައި ތަންފީޒުކުރުން: ޑރ ހަލީލް

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ޑިޖިޓަލް ޓްރާންސްފޯމޭޝަންއާ ގުޅޭ ސައިޑް އިވެންޓެއް ދިވެހިރާއްޖެއިން ބޭއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް 2.0 މަގުޗާޓުގެ މަޤްޞަދަކީ ދުނިޔޭގެ ”ބެސްޓް ޕްރެކްޓިސަސް“ ރާއްޖޭގައި ތަންފީޒުކުރުންކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ދިވެހިރާއްޖެއާއި އެސްޓޯނިއާ ގުޅިގެން ”ޑިޖިޓަލް ޓްރާންސްފޯމޭޝަން ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް“ ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓުގައެވެ.

މި ސައިޑް އިވެންޓުގައި ތަޤްރީރު ކުރައްވަމުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް އެހެން ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ޕްރައިވެޓް ސެކްޓަރަށް މިނިސްޓަރ ޑރ. ޚަލީލް ވަނީ ދަޢުވަތު ދެއްވާފައެވެ. މީގެ އިތުރުން، މޯލްޑިވްސް 2.0 މަގުޗާޓުގެ މަޤްޞަދަކީ ދުނިޔޭގެ ”ބެސްޓް ޕްރެކްޓިސަސް“ ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސައިޑް އިވެންޓްގައި މި މަޢުޟޫއާއި ގުޅޭގުތުން ޕެނަލްޑިސްކަޝަންއެއް ވަނީ ކުރިއަށް ގޮސްފައެވެ. މި ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކޮށްދެއްވީ މިމިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމު އެވެ. އަދި މި ޕެނަލްގައި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ ހެޑް އޮފް ޑިޖިޓަލް ޕާޓްނަރޝިޕްސް އެންޑް އެންގޭޖްމަންޓް ޔޫ ޕިންގ ޗެން، ވޯލްޑް ބޭންކް ގްރޫޕްގެ ގްލޯބަލް ޑިރެކްޓަރ އެންޑް ޑިރެކްޓަރ އޮފް ސްޓްރެޓަގީ އެންޑް އޮޕަރޭޝަންސް، ޑިޖިޓަލް ވައިސް ޕްރެޒިޑަންސީ އައިޑާ ސްވަރެޔީ ރިޑިހޫ، އެސްޓޯނިއާގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ގްލޯބަލް އެފެއާޒް މީނާ-ލީނާ ލިންޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޯރމޭޝަން ސްޓްރެޓެޖިސްޓް ސިޔާހް ޚަލީލް ބައިވެރިވަޑައިގެންވިއެވެ. މި ޕެނަލް ޑިސްކަޝަންގައި ޑިޖިޓަލް މުސްތަޤްބަލެއް ޤާއިމުކުރުމަށް މަލްޓިލޭޓަރަލް ކޮލަބްރޭޝަންތަކުގެ މުހިންމު ކަމާއި ބެސްޓް ޕްރެކްޓިސްތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް މުސްތަގުބަލެއް ގާއިމުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ސައިޑް އިވެންޓަކީ އ.ދ.ގެ 79 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ތަޞައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ވަކިން ޙާއްސަކޮށް 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތަށް ބާރުދިނުމުގެ ގޮތުން ބޭއްވުނު ސައިޑް އިވެންޓެކެވެ. މި ސައިޑް އިވެންޓްގެ މައިގަނޑު މަޤްޞަދަކީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިޤްތިޞާދު ކުރިއެރުވުމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، 2030 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޖީ.ޑީ.ޕީގެ 15 އިންސައްތަ ޙިއްޞާ ކުރުމަށް މަގުފަހިކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: