ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައިރޮއިޑަށް ހާއްސަ ބޭސް ހޯދުމަށް ދަތިވާނަމަ ޝަކުވާ ހުށައެޅުމަށް އާސަންދައިން އެދެފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ތައިރަނޯމް 25 މައިކްރޯގްރާމް“ ބޭސް އާސަންދަ ސްކީމުގެ ދަށުން ލިބޭނެކަމަށާއި، މި ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނަމަ ނުވަތަ އާސަންދައިގެ ދަށުން ނުލިބޭނަމަ ޝަކުވާ ހުށަހެޅުމަށް އާސަންދަ ކުންފުނިން އެދިއްޖެއެވެ.

އާސަންދައިން މިހެން ބުނެފައި މިވަނީ، މި ބޭހުގެ އަގުތައް ތަފާތުކަމަށާއި، ބޭސް ނުލިބޭކަމަށް ފާހަގަކޮށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މި ބޭހަކީ ޑައުންސިންޑްރޯމް އާއި އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ކުދިންނަށް ގަވާއިދުން ކާންދޭންޖެހޭ ވަރަށް މުހިންމު ބޭހެކެވެ.

އާސަންދައިން މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ބުނީ ތައިރަނޯމް 25 މައިކްރޯގްރާމަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށެވެ. އަދި ގިނަ ބޭސް ފިހާރަތަކަކުން އެ ބޭސް މިއަދު ވެސް އާސަންދައިގެ ދަށުން ދޫކޮށްފައިވާ ކަމަށް އާސަންދައިން ބުނެފައިވެއެވެ. އާސަންދައިގެ ދަށުން ލިބޭ ބޭސްތައް އެގޮތަށް ނުލިބޭ ކަމަށް ބުނާނަމަ، ބޭސް ފިހާރައިގެ މައުލޫމާތާ އެއްކޮށް ”ޝިކާވަތި“ ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކޮށްދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ އަސާސީ ބޭސްތަކާއި، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަތުމާއި އެތެރެކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ކުންފުންޏެއްވެސް އުފައްދަވާފައެވެ. މި ކުންފުނީގެ ނަމަކީ”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ އެވެ.

މި ކުންފުނިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މިކަމުގެ ސަބަބުން، ކުންފުނީގެ ހުރިހާ ޙަރަކާތްތަކެއް ބައްޓަންވެގެންދާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކުރެވޭނެ ގޮތަކަށެވެ.

ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ގަނޑުކޮށް ގަތުމުގެ ސަބަބުން، އަގުހެޔޮކޮށް މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އެއް ފެންވަރެއްގެ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ރައީސް އުފެއްދެވި މި ކުންފުނީގެ އަމާޒަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ސަޕްލައި ޗެއިން ހަރުދަނާކޮށް، ބޭހާއި މެޑިކަލް ސާމާނު ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމެވެ. މީގެ އިތުރުން، ކުއްލި ޙާލަތްތަކުގައި ބޭނުންވާ މެޑިކަލް ސާމާނު އަވަސް ގޮތެއްގައި ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްވެސް މަސައްކަތްކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: