ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލީގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން އެއްބަސްވުމެއް ގާއިމުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މ. މުލީ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މ މުލީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދެމެދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ

މި އެއްބަސްވުމުގެ އަގަކީ 35.72 މިލިއަން ރުފިޔާއެވެ. މިއީ 250 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާގޮތަށް ގާއިމުކުރެވުނު އެއްބަސްވުމެކެވެ. މި މަޝްރޫޢުގެ ދަށުން :

  • 363 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
  • 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ( 60 މީޓަރުގެ ތިން ވައި-ގްރޮއިން)
  • 130 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ( 30 މީޓަރުގެ ދެ އަދި 35 މީޓރުގެ ދެ ގްރޮއިން)
  • ރިވެޓްމަންޓް ބެކްފިލްކުރުމާއި ، ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: