ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2 ގަޑިއިރުގެ ބޮޑު ރެއިޑަކުން 81 ބިދޭސީން ހިފަހައްޓައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ގަވައިދާހިލާފަށް އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން 2 ގަޑިއިރަށް ހިންގި ބޮޑު ރެއިޑަކުން 80 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސަކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަވައިދާ ހިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު 16:00އިން 18:00އަށް ބޮޑު ރެއިޑެއް ހިންގާފައިވާ ކަމަށެވެ.

އެ ރެއިޑުގައި އިމިގްރޭޝަނުން ވަނީ 463 ތަނެއް ބަލައި ފާސްކޮށް 932 ބިދޭސީން ޗެކުކޮށްފައެވެ. އޭގެތެރެއިން ގަވައިދާ ހިލާފަށް އުޅޭ 81 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދާ ކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައޮވާ ކަމަށެވެ. އެ ރެއިޑުގައި 160 އިމިގްރޭޝަން އޮފިސަރުންނާއި 66 ފުލުހުންނާއި އެހެނިހެން ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެ މާލޭގެ 25 ސަރަހައްދެއް ބަލައިފާސްކުރިއެވެ.

ދާދިފަހުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ޓާސްކްފޯސްއިން ހިންގި ހާއްސަ ހަރަކާތުގައި މާލޭގެ 9 ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 24 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ވަޢުދުފުޅާ އެއްގޮތަށް، މި ހަރަކާތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: