ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި އެއާޕޯޓުގެ ނުނިމި އޮތީ 10 އިންސައްތަ: އެމްޓީސީސީ

ކުޅުދުއްފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ތެރެއިން. ފޮޓޯ:އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ އެއާޕޯޓްގެ ނުނިމި އޮތީ 10 އިންސައްތަ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންނިން ބުނީ ކުޅުދުއްފުށީ އެއާޕޯޓު އެމްޓީސީސީއާއި ހަވާލުކޮށްފަިއވަނީ ހަތަރު ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އެއީ ރީކްލެމޭޝަންއާއި، އެއާޕޯޓު ޑިވެލޮޕް ކުރުމާއި ފެންސު ޖެހުމާއި އެއާޕޯޓު ސަރަޙައްދުގައި ހުރި ގެތަށް ތަޅާލާ ސާފުކުރުން ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓު މަސައްކަތް ނުނިމިގެން އުޅެނީ އެއާޕޯޓު ސަރަޙައްދުގައި ހުރި ތިން ގެއެއްގެ ކޯޓު މަރުހަލާ ނުނިމިގެން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

“ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ފެންސްތަށް އެބަ ވަދޭ އާންމު ރައްޔިތުންގެ ތިން ގެއަކަަށް. އެ ތިންގޭގެ މައްސަލަ ކޯޓު މަރުހަލާގައި އުޅޭތީ ފެންސް ވޯލް އެއްކޮށް ނުނިމި ހުރީ.” އެހެންނޫންނަމަ އެމްޓީސީސީގެ ފަރާތުން ކުޅުދުއްފުށީ އެއާޕޯޓުގެ ޕްރޮޖެކްޓުން އަތް ދޫކޮށްލެވޭނެ” އެމްޓީސީސީއިން ބުންޏެވެ.

އެމްޓިސީސީއިން ބުނީ ރީކްލެމޭޝަން މަސައްކަތާއި އެއާޕޯޓު ޑިވެލޮޕްމަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ނުނިމި އޮތީ ފެންސްގެ މަސައްކަތާއި ގެތަށް ތަޅާލުމުގެ މަސައްކަތް ކަމަށެވެ.ކޯޓު މަރުހަލާ ނިމުމާއެކު ގެތަށް ތަޅާލެވޭނެ ކަަމަށް އެކުންފުނިން ބުނެއެވެ.

” ފެންސު ޖެހުމާއި ގެތަށް ތަޅާލުމަކީ ވަރަށް ކުޑަ މަސައްކަތެއް. ގާތްގަނޑަކަށް 2 ލައްކައެއްހާ ރުފިޔާގެ މަސައްކަތް އެއީ” އެމްޓީސީސީ އިން ބުނެފައިވެއެވެ.

މޯލްޑިވިއަންއިން ކުޅުދުއްފުއްޓަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. މިވަގުތު ކުޅުދުއްފުށި އެއާޕޯޓުގެ ހިންގުން ކައިރީގައި އޮންނަ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ ނަމަވެސް އެއާޕޯޓަށް ބޭނުންވާ މުވަޒަފުން ވަރަށް އަވަހަށް ނަގާނެ ކަމަށް މައުލުމާތު ލިބެއެވެ.

ކުޅުދުއްފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާ ފްލައިޓް ޖައްސަން ފަށާފައިވާއިރު އެރަށުގެ އެއާޕޯޓެއް ތަރައްގީކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު ހަމައެކަނި ރަންވޭގެ މަސައްކަތް ނިންމާ ވަނީ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: