ކަނޑޫދޫ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކާ ގުޅިގެން ޕްރައިވެޓު ކުންފުންޏަކުން ދޮގު މައުލޫމާތު ދީފައިވާކަން ހާމަކުރައްވައި، އެ ކުންފުނިާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ، ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރަށުގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، މައިގަނޑު ގޮތެއްގައި މިހާރު ހުރީ، ސަރުކާރުންނރައްޔިތުންނަށް ވެފައިވާ ވައުދުތައް ކުރިޔަށް ގެންދިއުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް ކުރިޔަށް ގެންގޮސް ތަންފީޒު ކުރުމަށްޓަކައި ކަންކަން ގާތުން ބައްލަވަމުންދާކަމަށް ވިދާޅުވި އެވެ.
ކަނޑޫދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާތީ، މިކަމާއި ގުޅޭގޮތުން ދޭން އޮތް ޔަގީންކަމަކީ މި މައްސަލަ ވަރަށް އަވަހަށް ހައްލުކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބަލާފައިވާނެ އެވެ.
މިހެން މަޝްރޫއުތަކުގައި ކަންވާ ގޮތަކީ ރައީސް ވިދާޅުވީ ގޮތުން މަސައްކަތް ކުރާ ކުންފުނިން ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މަސައްކަތްތައް ފަށާފައި އޮތުމެވެ. ރައީސް ވިދާޅުވީ އެކި ސަބަބުތަކާއި ހުރެ ވެރިކަން ބަދަލުވުމަށް ފަހު މަސައްކަތް މަޑުޖެހެމުން ގޮސް، މިދިޔަ އަހަރުގެ ކުރީކޮޅާއި، މެދާއި ހަމައަށް ދަންދެން އަދި ބައެއް ރަށްތަކުގައި ފަހުކޮޅަށް ދިޔައިރު ވެސް މަސައްކަތްތައް އޮތީ ހުއްޓިފައި ކަމަށެވެ.
ސަރުކާރުން މީގެއިން ކޮންމެވެސް ވަރަކަށް ބައެއް މަޝްރޫއުތަކުގައި ފައިސާތައް ދޭން ހުރި. އަދި ޕޭމަންޓުތައް ދޫކުރަމުން ގޮސް ބައެއް ރަށްތަކުގައި މަސައްކަތް ފެށި ނިމުމަކާއި ހަމައަށް ވެސް އެބަދޭ. އެހެންވީމަ އަޅުގަނޑުމެން މި ރަށުގައި ވެސް.. ފުރަތަމަ ބެލީ ހަމަ އެގޮތަށް ކުރިޔަށް ގެންދަން. ޓާމިނޭޓު ކުރުމަކީ އައު ބަޔަކާއި ހަވާލު ކުރުމަކީ، ރަނގަޅު ގޮތްކަމުގައި ނުވާތީ އަޅުގަނޑުމެން އިސްކަން މިދެނީ، ބަޔަކު ލައްވައި މަސައްކަތްތައް ނިންމޭތޯ. މި ރަށުގެ ސިއްހީ މަރުކަޒަށް ވީ ވެސް ހަމަ މިގޮތަށް.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ދަތުރުގެ ތެރެއިން ވަރަށް ގިނަ ކަންކަން އެނގި ސާފުވެގެން ހިނގައްޖެ ކަމަށާއި، އެ ކުންފުނިން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށާއި، އިދާރާތަކަށް ދިން މައުލޫމާތުތައް ވަރަށް ތަފާތު ކަމަށެވެ.
އެގޮތުން ކުންފުނިން މި މަސައްކަތް ނިމުމާއި ވަރަށް ގާތްވެފައިވާކަމަށް ބުނެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، ރައީސް އޮފީހަށް އެންގިކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މަސައްކަތް ކޮމިޝަން ކުރުމަށް ބެލިއިރު، ބުނި ވަރާއި ގާތަށް ވެސް މަސައްކަތް ގޮސްފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
މި މަސައްކަތާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާފައި އޮތީ މަސައްކަތް ނިމިފައިކަމަށް. އެހެންވެ ބެލީ އެ މީހުން ލައްވައި މަސައްކަތް ނިންމައި، ކޮމިޝަން ކުރުމަށް.
ނަމަވެސް، ރަށަށް ވަޑައިގަތުމަށް ފަހު ބެލި ބެލުމުން އެނގިގެން ދިޔައީ މަޝްރޫއުގެ މަސައްކަތް ހަގީގަތުގައި އޮތީ އެއަށް ވުރެ މާ ފަހަތުގައިކަން ކަމަށް ރައީސް ވިދާޅުވިއެވެ. މިކަން ވަރަށް ސީރިއަސްކޮށް ނަންގަވައި، ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ އެ ކުންފުންޏާއި އެކުވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ޓާމިނޭޓު ކުރާނީތޯ ނުވަތަ އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން މަސައްކަތް ކުރިޔަށް ގެންދާނީތޯ ކަނޑައެޅުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުންފުނިން ބާކީ މަސައްކަތް ކުރާކަމަށް ވާނަމަ، އެ މީހުން ލައްވައި މަސައްކަތް ކުރިޔަށް ގެންގޮސް އެއްކޮށް ނިންމަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.
މި ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތެއް ކުރު މުއްދަތެއްގެ ތެރޭގައި ނަންގަވާނެ ކަމަށާއި، ބައްލަވާނީ މަސައްކަތް ނިމޭނެ ގޮތެއް ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީ

