ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަންތަން ބަންދުކުރަން ފަަށައިފި

ހުޅުމާލޭގައި ހިންގާ ކެފޭއެއްގެ ކައިރީގައި ގޮނޑި ޖަހާފައި-- ފޮޓޯ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުބަލައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހޯދުމަށް ޚާއްސަ އިންސްޕެކްޝަނެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ފަށާފައިވާއިރު، އެ އިންސްޕެކްޝަންގެ ދަށުން ބައެއް ތަންތަން ބަންދު ކުރަން ފަށައިފިއެވެ.

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރު އެޅުމަށާއި، އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް ފަށާފައިވަނީ މާލޭ ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާވެސް ގުޅިގެންނެވެ. އެގޮތުން މިހާތަނަށް 25 ތަނެއް ވަނީ ބަންދުކޮށްފައެވެ.

އެމްއެފްޑީއޭއިން މައުލޫމާތު ދޭ ގޮތުގައި މި އިންސްޕެކްޝަން ކުރިއަށްދާނީ 21 ސެޕްޓެމްބަރު 2015ން 30 ސެޕްޓެމްބަރު 2025 ގެ ނިޔަލަށެވެ.

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނަކީ ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރުން ލާޒިމުކޮށްފައިވާ ތަންތަނެވެ. އެހެންކަމުން ރަޖިސްޓްރީނުކޮށް ޚިދުމަތްދޭ ތަންތަން ބަންދު ކުރުމާއެކު، އެފަދަ ތަންތަނުގެ މައުލޫމާތު މި އިންސްޕެކްޝަންގެ ތެރެއިން އާންމު ކުރުމަށްވެސް އެމްއެފްޑީއޭއިން ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމާއި، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާގުޅޭ ކަންކަމުގައި ސަރުކާރަށާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއެފްޑީއޭގެ ޒިންމާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: