ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަން ކުރިއަރުވަން ކުރާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް ބަލައިގަނެފި: ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ދަމަހައްޓައި، އެ ދާއިރާ ކުރިއަރުވަން ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް މިހާރު ބަލައިގަނެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ދަމަހައްޓައި، އެ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުން މިހާރުވަނީ ބަލައިގެންފައެވެ.

”މިކަމުން އެނގިހާމަވެގެން ދަނީ ރައީސް މުއިއްޒަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާނެ ބޭފުޅެއް ނޫންކަން،“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ޒިންމާދާރު މިނިވަން ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ރައީސް ގެންގުޅުއްވަނީ ފުރިހަމަ ސިޔާސަތުތަކެއްކަން މިއީ ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ފާއިތުވި ދުވަސްތަކުގައި މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ރައީސް މުއިއްޒަށް ވަނީ ގިނަ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ތެރޭގައި އެކި ސިޔާސީ ފަރާތްތަކާއި، ބައިނަލްއަގުވާމީ އިދާރާތަކުން ނެރުނު ބަޔާންތައްވެސް ހިމެނެއެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ މި ބިލަކީ ނޫސްވެރިކަމަށް އެޅޭ ހުރަހެއް ނޫން ކަމަށާއި، މިއީ ނޫސްތަކާއި ނޫސްވެރިން ޒިންމާދާރު ކުރުވުމަށް އެކުލަވާލެވިފައިވާ ޤާނޫނެއްކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. މި ބިލާ ގުޅޭގޮތުން ކުރެވޭ ފާޑުކިޔުންތަކާ ޚިލާފަށް، މިނިސްޓަރ ޝިޔާމްގެ ބަސްތަކުން ސަރުކާރުގެ މި މަސައްކަތަށް ލިބިގެންދާ ބައިނަލްއަޤްވާމީ ތާއީދު ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: