ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރަން ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުރުގެ ބާކީ އޮތް އަހަރުތަކުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމީ ޝިއާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް އިސްކަމެއް ދިނުމެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިން އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި މިހާ ދުވަހު ދެމިތިބީ އިސްލާމް ދީނުގެ ސަބަބުންނެވެ. އަދި ދިވެހި މުޖުތަމައުގައި ދީނުގެ ހަމަތައް ނަގަހައްޓައި ކުރިޔަށް ނުދެވޭނަމަ، ގައުމަށް ގެނެވޭ އުމްރާނީ ތަރައްގީގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވިދާޅުވިއެވެ.

ގުރުއާނާއި ބެހޭ މަރުކަޒުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ރަށެއްގެ އާބާދީގެ ނިސްބަތާއި، ބިން އޮތް މިންވަރު އަދި ވަސީލަތްތައް ހުރި މިންވަރަކަށް ބަލައިގެންކަަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ދުނިޔޭގައި ޖެހޭ ވަޔާ އޮޔަށް ކުދިން ޣަރަގުވުމަށް ދޫކޮށްލައިފި ނަމަ ތަރައްގީގެ ބޭނުމެއް ނެތް ކަމަށެވެ. އައި ދީނަށް ނަސްރުދީ އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން އެންމެން ވެސް އަޒުމު ކަނޑައެޅުމަށް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތް ގާއިމުކުރުމަށް ވެސް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒިކުރު ބޯޑުތައް ހަރުކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް އިއުލާނު ކުރެއްވި އެވެ. މި ސިޔާސަތުގެ ދަށުން މަގުތަކާއި އާންމުކޮށް މީހުން އެއްވާ ސަރަހައްދުތަކުގައި އިސްލާމީ ޝިއާރުތަކާއި ނަސޭހަތުގެ ބަސްތައް ހިމެނޭ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: