ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުންނާއި، އެމީހުންގެ ފައިދާ ނަގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ: ސީޕީ

އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ނޫސްވެރިންގެ ބައްދަލުވުމުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި އެމީހުންގެ ފައިސާ ނަގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފުލުހުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި، ކޮމިޝަނަރ ނަވީން މިވާހަކަތައް ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

”ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިޖުރަކުރުމާއި އެކަމުން ފައިދާ ހޯދާ ފަރާތްތަކަށް އެއްވެސް ޖާގައެއް ނުދޭނަން،“ ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.

ހަމައެހެންމެ ގަވާއިދުތަކާ އެއްގޮތަށް ބިދޭސީ މަސައްކަތްތެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރި ނަމަވެސް، ގައުމަށް ގަވާއިދާ ހިލާފަށް ވަދެ ނުވަތަ މަސައްކަތްކުރާ ކޮންމެ މީހަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ވަގުފާރިއަކީ ނާޒުކު ހާލަތުގައި ތިބޭ މީހުން އަނިޔާވެރި ގޮތުގައި ބޭނުންކޮށް މުޖުތަމައުއަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރުވާ ނުރައްކާތެރި ކުށެއްކަން ފާހަގަކުރައްވައި، މިފަދަ ކުށްތަކަކީ ގައުމުގެ ސަލާމަތަށް ނުރައްކާކޮށް، އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުތައް ފޯރުވާ ކުށްތަކެއްކަމަށް ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.

މީގެއިތުރުން، އިންސާނީ ވަގުފާރިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، ކޮންމެ ފަރުދެއްގެވެސް ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތްކުރައްވާނެކަމަށްވެސް ކޮމިޝަނަރ ނަވީން އެކްސްގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: