ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގުހުރި އިނާމުތަކެއް ލިބޭ ”ދެނޯ ބޯޑް ގޭމްސް ޗެމްޕިއަންޝިޕް“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ދެނޯ ބޯޑް ގޭމްސް ޗެމްޕިއަންޝިޕް"
ޝެއާރކޮށްލާ ކަހަލަދޯ؟

3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ”ދެނޯ ބޯޑް ގޭމްސް ޗެމްޕިއަންޝިޕް“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

”ދެނޯ“ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ޗެމްޕިއަންޝިޕްގައި ޒުވާނުންގެ މެދުގައި މަގުބޫލު ބޯޑު ގޭމްސްގައި ބައިވެރިވެ، އަގުހުރި އިނާމުތައް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތުގައި 4 ގޭމް ކެޓަރީއަކުން ބައިވެރިވެވޭނެއެވެ. އޭގެ ތެރޭގައި:

އުނޯ

ސްކްރަބަލް

ޕިކްޝިނަރީ

ޗެސް

ކޮންމެ ގޭމް ކެޓަގަރީއަކުންވެސް ޗެމްޕިއަން ބެލްޓް ލިބޭ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމާއި، ސްޕޮސަރުންގެ ހަދިޔާ ލިބޭނެކަމަށްވެއެވެ.

މި ޗެމްޕިއަންޝިޕްގައި ބައިވެވޭނީ 15 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރާތަކުގެ ފަރާތްތަކަށެވެ. ދިވެހިންނަށް އެކަނި ބައިވެރިވެވޭ މި ޗެމްޕިއަންޝިޕްގައި، ކޮންމެ ފަރާތަކަށްވެސް ބައިވެވޭނީ އެންމެ ގޭމްއެއްގައެވެ.

ބައިވެރިވުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮކްޓޯބަރ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ތިރީގައި ހިމަނާފައިވާ ލިންކް މެދުވެރިކޮށް، މި ޗެމްޕިއަންޝިޕާއި ގުޅޭ އިތުރު މައުލޫމާތު ސާފުކޮށް، ބައިވެރިވުމަށްޓަކައި ހުށައަޅާ ފޯމު ލިބިލައްވާނެއެވެ.

https://dbgc.info/guidelines

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: