ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި އަތުލައިގަނެފައި ވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މިއަދު އަތުލައިގަތް ޝިޕްމަންޓުގައި 1،840،000 ސިނގިރެޓް ސްޓިކް ހިމެނެ އެވެ. މިއީ 92،000 ކާޓަން ސިނގިރެޓެވެ.
މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލަ މިހާރު ގެންދަނީ ކަސްޓަމްސްއިން އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
ތަފާސްހިސާބު ދައްކާ ގޮތުގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރި ފަހުން، ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރި އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު، މި އަހަރު ވަނީ އާދަޔާ ޚިލާފަށް ދަށްވެފައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެތެރެކުރި ސިގިރޭޓުގެ އަދަދު ހުރީ 42،314،387 އެވެ. މީގެ ކުރީގައި މިއަދަދުތައް ހުންނަނީ 200 މިލިއަނުން މަތީގައެވެ.

