ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބާދީ އެއްފަސް ކުރުމަށް ހިތްވަރު ދެން، ރައްޔިތުންގެ ރުހުން ނެތި އެކަން ނުކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އާބާދީ ތަރައްގީކޮށް އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކިނބިދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުން އަމިއްލައަށް ބޭނުންވެގެން ނޫން ގޮތަކަށް، ސަރުކާރުން މި ސިޔާސަތު އެ ރަށަކަށް ތަންފީޒު ނުކުރާނެކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި އާބާދީ އެއްފަސް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ އެވެ. އަދި މީގެ މަގުސަދަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ހިދުމަތްތަކާއި ފުރުސަތުތައް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުން ހިޖުރަކުރުމަށް ބޭނުން ނުވާނަމަ، އެކަން ސަރުކާރުން ކުރިޔަށް ނުގެންދާނެކަމަށް ހާމަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، ކުދިކުދި ރަށްތަކުގެ ރައްޔިތުންނަށް އާބާދީ އެއްފަސްވުމަށް ސަރުކާރުން ހިތްވަރުދޭކަމަށް މިއަދު ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން އެބަ ފުރުސަތު ދެން އަދި ހިތްވަރު ދެން އާބާދީ ތަރައްގީ އެއްފަސްވުމަށް ކުދިކުދި ރަށްތަކުގެ ރައްޔިތުން. އެކުއެކީގައި ހަމަ އެއްކޮށް، އެ ރަށްދޫކޮށް ބޮޑު ރަށަކަށް ނުވަތަ ހިދުމަތްތައް ގާއިމުވެފައި އޮންނަ ސަރަހައްދުތަކަށް، ސަރަހައްދުތަކަކަށް ބަދަލުވާން

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މިފަދަ މަޝްރޫއުތަކުގެ ތެރޭގައި ތ. ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ ހިމެނެއެވެ. އެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މި ކޯޒްވޭގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް ލިބި، ހިޖުރަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަވެގެންދާނެކަމަށެވެ.

މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށާއި، މިކަން ކުރިޔަށް ގެންދެވޭނީ ރައްޔިތުންގެ ފުރިހަމަ ބަހާއި އެކު ކަމަށް ރައީސް ވަނީ ވިދާޅުފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: