ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރަންޓުން ގިނަވަމުންދާ މައްސަލައިގައި ޓްރަމްޕުގެ ފާޑުކިޔުން އދއަށް!

އެމެރިކާގެ ރައީސް ޓްރަމްޕު އދގެ އާންމު މަޖިލީހުގައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދެ ނެތި އެއް ގައުމުން އަނެއް ގައުމަށް މީހުން ހިޖުރަކުރަމުންދާ މައްސަލައިގައި އދގެ ބޮޑު އަތެއް އޮތްކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފާޑުވިދާޅުވެއްޖެއެވެ.

އދގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޓްރަމްޕުވަނީ އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކަށްވެސް ބިދޭސީންގެ މައްސަލަ ކުރިމަތިވެފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި ހައްދެއް ނެތި ހިޖުރަކުމުންދާކަމަށް ފާހަގަކުރެއްވިއިރު އދގެ ވެސް އަތެއް އެ މައްސަލަ ބޮޑުވެފައިވުމުގައި އޮތްކަމަށް ވިދާޅުވިއެވެ.

ޓްރަމްޕު ވިދާޅުވީ، އދ އަކީ ވަރަށް ގާބިލު ޖަމްއިއްޔާއެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެއީ އަބަދުވެސް ދައްކަވަމުން އައިސްފައިވާނެ ވާހަކައެއްކަމަށްވާއިރު ގާބިލުކަންހުރި މިންވަރާއި އެއްހަމައަށް މަސައްކަތްތައް ފެނިގެން ނުދާކަމަށެވެ.

އޭނާ ވަނީ އެމެރިކާ ރަން ޒަމާނެއްގެ ތެރެއަށް ގޮސްފައިވާކަމަށް ބުނެ ދައްކަވަމުންދާ ވާހަކަތައްވެސް ތަކުރާރުކުރައްވާފައެވެ. އަދި ޔޫކްރެއިނާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ މައްޗަށްވެސް އަލިއެޅުއްވިއެވެ. ނޫސްތަކުން ބުނާގޮތުން އަމަލުކުރައްވަމުންދާ ގޮތުގެ ސަބަބުން ޓްރަމްޕަށް އޮތީ އެކަނިވެރިކަމާއި ކުރިމަތިލާންޖެހިފައެވެ. އަދި އެތަނުގައި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބާރު އަޅަމުންދާ މިންވަރު އިތުރުވަމުންދާކަމަށެވެ.

ޓްރަމްޕު ވިދާޅުވިގޮތުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތު އަދި ކެނެޑާއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ހަމާސް ޖަމާއަތަށް ހިތްވަރު ލިބިގެންދާކަމަށް ދެކިވަޑއިގަންނަވާކަމަށެވެ. އަދި އެ ޖަމާއަތުން ބޮޑެތި ޖަރީމާތައް ހިންގާކަމަށް ތުހުމަތުކުރައްވައި އެފަދަ އަމަލުތަކަށްވެސް ހިތްވަރު ދެވޭކަމަށް އިޝާރާތްކުރެއްވިއެވެ.

ޓްރަމްޕު ތަގުރީރުކުރެއްވުމުގެ ކުރިން އދގެ ސެކެޓްރީ ޖެނަރަލް އެންޓޯނިއޯ ގުޓޭރެސްވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިސް އިސްރާއީލަށް ދިން ހަމަލާއަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ. އަދި ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް އަނިޔާތަކެއް ލިބިގެންދާ އަމަލުތަކެއް ހިންގުމާއި ނަސްލެއް ނައްތާލުމުގެ ޖަރީމާއަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ގުޓޭރެސްވަނީ ސުލްހަ ގާއިމުކޮށް ހަނގުރާމައިގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލައްވައި އިންސާނީ އެހީތެރިކަން ދިނުމުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭކަން ކަށަވަރުކުރުމަށްވެސް އެދިވަޑައިގެންފައެވެ.

ޔޫރަޕުގެ ގައުމުތަކަށް އަމާޒުކުރެއްވި ފާޑުކިޔުމެއްގައި ޓްރަމްޕު ވިދާޅުވީ، އެ ގައުމުތަކަށް ރަޝިއާއިން ތެޔޮ ގަތުމާއި ދެކޮޅަށް ބާރުއަޅުއްވާނެކަމަށެވެ. އަދި އަމިއްލަ ނަފްސާއި ދެކޮޅަށް ހަނގުރާމައަކަށް ފަންޑުކުރުމާއި އެއްފަދަ ކުރެއްވިއިރު ނޭޓޯގެ ގައުމުތަކުން އެމެރިކާއިން ރަޝިއާ އާއި ދެކޮޅަށް މަސައްކަތްކޮށް ހުއްޓުވާނެކަމަށް ދެކެމުންދާކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: