މިހާތަނަށް ތާރީހުގައި ފެނިފައިނުވާ މިންވަރަށް އަސްކަރީ ބާރުވެރިކަން ހޯދުމަށްޓަކައި އެކި ގައުމުތަކުން ކޯޅެމުންދާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުނާއި މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ އަސްކަރީގޮތުން އެ ގައުމުން އަނެއް ގައުމުގެ މައްޗަށް ބާރުވެރިވެގަތުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި ތާރީހުގައިވެސް ފެނުނު އެންމެ ނުރައްކާތެރި ހާލަތު މެދުވެރިވެފައިވާކަމަށެވެ.
އޭނާ ވިދާޅުވިގޮތުން ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން އަމާޒުކުރައްވަނީ ޔޫކްރެއިން ދެެމެދު ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާކޮށް ޔޫރަޕާއި ހިސާބަށްވެސް ގެންދިއުމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައިން އެކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅަންޖެހޭކަމަށް އިޝާރާތްކުރެއްވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ބޮޑެތި މައްސަލަތަކަށް އަލިއަޅުއްވައި ޒެލެންސްކީވަނީ އދގެ އާންމު މަޖިލީހުގައި ކުރިއަށް ގެންދިޔަ އެނުއަލް ހައި ލެވެލް މީޓިންގައި އެ ޖަމްއިއްޔާއަށްވެސް ފާޑުވިދާޅުވެފައެވެ. މިގޮތުން އެފަދަ މުއައްސަސާތައް ބަލިކަށިވެފައިވުމުގެ ސަބަބުން ޔޫކްރެއިން ޣައްޒާ އަދި ސޫދާނާއި އެފަދަ އެހެނިހެން ތަންތަނުގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓުވާލެވިފައިނުވާކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކެއް އޮތްނަމަވެސް އެއީ ގައުމުތަކަށް ސަލާމަތް ކަށަވަރުވެގެންދާ ކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ، ބޮޑެތި މައްސަލަތަކުން ސަލާމަތްވާނީ ކޮން ބައެއްކަން ނިންމާނީ ހަތިޔާރުތަކުންކަމަށެވެ. އަދި ރައްކައުތެރިކަމުގެ ގެރެންޓީއެއް ދެވޭނެ ހަމައެކަނި ގޮތަކީ އެކުވެރިންނާއި ހަތިޔާރު ތިބުންކަމަށެވެ.

