ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ދާއިރާއިން ޗައިނާގެ މުޅިން އައު ތަސައްވުރެއް!

މަސައްކަތްތަކުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން މޫސުމީ ބަދަލުތަކާ ގުޅޭ އައު އަމާޒުތަކެއް ހާމަކޮށްފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން، އދ. ގެ އާންމު މަޖިލީހުގައި އެމެރިކާއިން މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން، ޗައިނާއިން އެ ޤައުމުގެ އައު ތަޞައްވުރު ހާމަކޮށްފައިވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސްގެ ބެއްލެވުމުގެ ދަށުން ބޭއްވުނު ކްލައިމެޓް ލީޑަރސް ސަމިޓުގައި، ލައިވް ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެފައިވަނީ، 2035 ވަނަ އަހަރާ ހަމައަށް ޗައިނާއިން ގްރީންހައުސް ގޭސް އުފައްދާ މިންވަރު 7-10 އިންސައްތައާ ދެމެދުގެ އަދަދަކުން ދަށްކުރާނެ ކަމަށެވެ.

ރައީސް ޝީ އިތުރަށް ވިދާޅުވެފައިވަނީ، ވައިން އަދި އިރުގެ ދޯދިން ހަކަތަ އުފެއްދުމުގެ މިންވަރު އިތުރުކުރުމަށް ޗައިނާއިން މަސައްކަތްކުރާނެ ކަމަށެވެ. މި ގޮތުން، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، 2020 ވަނަ އަހަރާ އަޅާބަލާއިރު، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 6 ގުނައަށް އިތުރުކުރާނެ ކަމަށާއި، މީގެ ސަބަބުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 30 އިންސައްތައަށް އަރާނެ ކަމަށް މަޢުލޫމާތު ދެއްވިއެވެ.

ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ގްރީންހައުސް ގޭސް އުފެއްދުން މަދުކުރުމަށް ޗައިނާއިން މިފަދަ ވަޢުދެއްވެފައިވަނީ މިއީ ފުރަތަމަ ފަހަރެވެ. އަދި ރައީސް ޝީ ވަނީ ތަރައްޤީވެފައިވާ ޤައުމުތަކުން މިހާރަށްވުރެ ހަރުދަނާކޮށް މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި ސީދާ ނަންގަނެ ވިދާޅުނުވި ނަމަވެސް، އެމެރިކާއިން ޕެރިސް އެއްބަސްވުމުން ދުރަށް ދާކަމަށް އިޝާރާތްކުރެއްވިއެވެ.

ރައީސް ޝީ އިތުރަށް ވިދާޅުވެފައިވަނީ، މި ޒަމާނުގެ ޓްރެންޑަކީ ތިމާވެއްޓާ ރައްޓެހި އަދި ދަށް ކާބަން އުފެއްދުންތެރިކަމުގެ އުސޫލުތައް ކަމަށާއި، ނަމަވެސް ބައެއް ޤައުމުތަކުން މި މަގުން ދުރަށް ދަމުންދާ ކަމަށެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ރަނގަޅު މަގުގައި ދެމިތިބުމާއި، އެ މަގަށް އިތުބާރު ޤާއިމުކުރުން މުހިންމު ކަމަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: