ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްޓިފައިހުރި މަޝްރޫއުތަކަށް ހައްލު ގެނެވި، ތަރައްގީ އަންނާނެ: ރައީސް

އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ދިޔަމިގިލިއަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ މަސައްކަތްތަކަށް ހުރި ހުރަސްތައް ނައްތާލައި، ހުއްޓިފައި ހުރި މަޝްރޫއުތައް ފަށައި ދެމެހެއްޓެނިވި ތަރައްގީ ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން، ތ. ދިޔަމިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ދިޔަމިލީގެ ހުރިހާ މުހިންމު މަސައްކަތްތައް ރައްޔިތުން ބޭނުންވި ގޮތަށް ކުރިޔަށްދާނެކަމަށާއި، މި ސަރުކާރުން އެކަންކަން ހުއްޓިފައި އޮންނަ ގޮތަކަށް ކަންކަން ވިޔަނުދޭނެކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ރަށުގެ ބޮޑު މަޝްރޫއުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ ދިޔަމިގިލީ – މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ ގާއިމު ކުރުމުގެ މަޝްރޫޢުއާއި، އެ ރަށުގެ މަގު ހެދުމުގެ މަސައްކަތެވެ. ކޯޒްވޭގެ މަސައްކަތް ނިމިގެން ދިއުމުން އޭގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށް ވެސް ކުރާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނީ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނިމުމުންނެވެ.

ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން، މި މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ތަކެތި ހިފައިގެން ކުންފުނި މިހާރު ވަނީ ތައްޔާރުވެފައެވެ. މި މަޝްރޫއު ނިންމާނީ ރަށް ހިމާޔަތްވެގެންދާ ގޮތަށް ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހުއްޓިފައި ހުރި މަޝްރޫއު ތަކުގެ ތެރެއިން ރަށުގެ ސްކޫލުގެ މަޝްރޫއު ފެށުމަށް ވަނީ ތައްޔާރުވެފައިކަމަށް ރައީސް ވިދާޅުވި އެވެ. މި މަސައްކަތް ކުރިޔަށް ނުދާތީ އޭލެވެލްއަށް ކިޔަވައިދިނުމަށާއި ޖުމްލަކޮށް ކިޔަވައިދޭން ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ލަސްތައް ދިމާވަނީ ސަރުކާރުގެ ސަބަބުން ނޫން ކަމަށާއި، ގިނަ ފަހަރު މަޝްރޫއުތަކަށް ފައިސާ ދޫކޮށްފައި ހުރިއިރު ވެސް ކުންފުނިތަކުން މަސައްކަތް ކުރިޔަށް ނުގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ދަނީ އެ ކުންފުނިތަކާއެކު މަޝްވަރާކޮށްގެން މަސައްކަތްތައް އަލުން ފަށައިގަތުމުގެ މަސައްކަތް ކުރަމުންނެވެ. މި މައުޟޫއުގައި މިއަދު އެކި ރަށްތަކުގައި ރައީސް ވާހަކަ ދެއްކެވި އެވެ.

ރަށުގެ ސްކޫލުގައި އަޅާ މަލްޓި ޕާޕަސް ހޯލުގެ ޕްރޮޖެކްޓުގައި 10 ކްލާސްރޫމްވެސް ހިމެނޭނެއެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު، ރަށުގައި އަޅަން ހުރި ސިއްހީ މަރުކަޒުގެ އިމާރާތްވެސް ވަރަށް ބޮޑަށް ލަސްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތް ވެސް ކުރިޔަށް ގެންދާނެކަމަށް ހަވާލު ކުރި ކުންފުނިން މިހާރު ވަނީ އެއްބަސްވެފައެވެ. ރައީސް ވިދާޅުވީ، ޕްރައިވެޓު ކުންފުނިތަކަށް ފައިސާ ދޫކޮށްފައި ވަނިކޮށް ވެސް ބައެއް ކުންފުނިތަކުން އެކި ސަބަބުތަކާހުރެ މަސައްކަތް ހުއްޓާލާފައިވާކަމަށެވެ. އެފަދަ ކުންފުނިތަކާއެކު ސަރުކާރުން ދަނީ މަޝްވަރާކޮށްގެން މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންކަމަށާއި، ނުވަތަ ގާނޫނީ ހަމަތަކުގެ މަތީން ބާތިލު ކުރާނެކަމަށް ވިދާޅުވި އެވެ.

މި އަހަރު ނިމުމުގެ ކުރިން އަލަށް ފަށަން ޖެހޭ މަސައްކަތްތައް ފެށޭނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު ގިނަ މަސައްކަތްތަކެއް ހިމަނައިގެން ކުރިޔަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: