ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންކަން ޑެލިވާރކުރެވޭކަމަށް ރައްޔިތުން ދެކޭ: ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަންނަ އަހަރަށް ލާފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ކަންކަމުގެ ސްޕީޑު އަވަސްވެ އެދޭ ކަންކަން ޑެލިވާރކުރެވެމުންދާކަން ރައްޔިތުން ބުނާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކުރައްވައި މިނިސްޓަރ ޒަމީރު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރެއްވުމުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައިވާކަމަށެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނުގެ އަރިހުގައި ކުރަމުންދާ ކަންކަމުގެ ތެރެއިން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަމަށެވެ.

މިގޮތުން އެއްކަމަކީ ސީދާ ރައްޔިތުން ބޭނުންވާ ކަންކަން ރައީސްއަށް ދެނެގަނެވުންކަމަށެވެ. އަދި ރަށަށް ޓީމެއް ފޮނުވައިގެން ކަންކަން ބަލައިގެން މަަސައްކަތްތައް އިންތިޒާމުކުރުމަށްވުރެ ސީދާ ގޮތެއްގައި ވަޑައިގެން ކަންކަން ބެއްލެވުމުން އަދާއި ހަމަ މައުލޫމާތު ލިބިގަތުމުގައި ކުރިއެރުންތައް އަންނަކަމަށެވެ. އެހެންކަމުން ސީދާ ރައްޔިތުން ބޭނުންވާ ކަންކަން ޑިލިވާރ ކުރުމުގައި ސަރުކާރަށް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާކަމަށެވެ.

ދަތުރުގެ ތެރެއިން 31 ރަށަށް ޒިޔާރަތްކުރެވުމާއި ގާތްވެފައިވާއިރު ވަފުދުގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެމްޑީންވެސް ހިމެނޭކަމަށްވުމުން ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި މަޑުޖެހިފައިވާ ކަންކަންވެސް އަވަސްކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަންކަމުގެ މައުލޫމާތުވެސް ވަރަށް ބޮޑަށް އެނގިގެންދާކަމަށެވެ.

އެހެންކަމުން މަސައްކަތްތައް ތަރުތީބުކުރުމާއި އަވަސްކުރުމުގައި ބޮޑެތި ފަސޭހަތައް ވެގެންދާކަމަށާއި ބައެއް ރަށްތަކަށް ދާއިރު ވަރަށް ކުޑަކަމެއް އަވަސްކޮށްލައިގެން އެކަމުގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމެއް ހާސިލުކޮށްދެވެން އޮތްކަން ފެނިގެންދާއިރު އެކަމެއް އަވަސްކުރުމުން ވަރަށް ބޮޑެތި ތަފާތުތައް ފެނިގެންދާކަމަށެވެ.

ރައީސްގެ ޓީމުގައި ހިމެނޭ ބޭފުޅުންނަކީ މީގެ ކުރިންވެސް މިފަދަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅުންކަމަށްވާއިރު މިހާރު ކަންކަން ބައްޓަންކުރައްވާފައިވާގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ފުދިގެންދާ މިންވަރު އަވަސްވެގެންދާކަން ފާހަގަކުރެވޭކަމަށާއި ރައްޔިތުންގެ އުފާވެރިކަންވެސް ފެނިގެންދާކަމަށެވެ.

ޒަމީރު ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކަންކަމުގެ ސްޕީޑު އަވަސްކުރެވި ޑެލިވާރ ކުރަން ބުނި ކަންކަން އެގޮތުގެ މަތިން ޑެލިވާރ ކުރެވެމުންދާކަންވެސް ރައްޔިތުން ހިއްސާކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: