ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިޔަމިގިލި – މަޑިފުށި އަދި އުފުރިޔާ ކޯޒްވޭގެ މަސައްކަތް ދޮޅު އަހަރުން ނިންމަނީ!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. އަތޮޅު ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ މަަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިމި ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިވަގުތު ހުންނެވީ ތ. އަތޮޅުގަ އެވެ. އަދި މިއީ މި ދަތުރުފުޅުގެ އެންމެ ފަހު އަތޮޅުކަން ވެސް ފާހަގަކުރެވެ އެވެ.

ދަތުރުފުޅުގައި އެކި ރަށްތަކުގެ މަޝްރޫއުތައް ފަށައި، ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމަށް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ބައެއް ރަށްތަކުގެ ކޯޒްވޭގެ މަސައްކަތްތައް ކުރިޔަށް ގެންދިއުން ހިމެނެ އެވެ.

ދިޔަމިގިލިއަށް ވަޑައިގެން މިއަދު ސޮއި ކުރި އެއް އެއްބަސްވުމަކީ އެ ރަށާއި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅުވާލުމެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ.

ޕްރޮޖެކްޓު ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދަޅުވީ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ދިޔަމިގިލީގެ ތަރައްގީއަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.

ކޯޒްވޭ މަޝްރޫއު މި ރަށުން ގޮސް، މަޑިފުށިން ގޮސް އުފުރިޔާއާއި ހަމަޔަށް ގުޅިގެންދާ ގޮތަށް 18 މަސް ދުވަސް ނުވަތަ ދޮޅު އަހަރުން ނިންމާނެ.. ކޯޒްވޭގެ މަސައްކަތަކީ ދިޔަމިގިލީގެ ތަރައްގީއަށް އެންމެ މުހިންމު އެއް މަސައްކަތް.. އެއީ އެއްފަސް ކުރުމަށް އެޅުނު އެންމެ މުހިންމު މަސައްކަތް.. އެއީ އެއްފަސް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް..

މީގެ އިތުރުން، ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅުވާލުމަށް ސަރުކާރުން ވެފައިވާ ވައުދާއި ގުޅޭގޮތުން ވެސް ރައީސް ވާހަކަ ދެއްކެވިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ވޭމަންޑޫއަށް ވަޑައިގެން ރައީސް މުއިއްޒު ރައްޔިތުންނަށްވެފައިވާ ވައުދެކެވެ. މިކަން ކުރުމަށް ވަރަށް ގިނަ ގޮތްގޮތުން މަޝްވަރާ ކުރެވި، ދުރުމިން ހުރި ގޮތާއި ކޯޒްވޭއާއި ގުޅޭ ކަންކަން ހުރި ގޮތަށް ބަލާއިރު އެންމެ ފީޒަބަލް ގޮތަކީ، ސަރުކާރުގެ ސީދާ ބަޖެޓުގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ވުރެ، ޕީޕީޕީ ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް/ލޯން ފައިނޭންސް މޮޑެލްއެއްގެ ދަށުން ކުރިޔަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯޒްވޭ މަޝްރޫއުއަށް ޝައުގުވެރިކަން ހުރި ފަރާތްތައް ޝައުގުވެރިކަން ހުށަހެޅުމަށް މި މަހުގެ 22 ގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: