ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ އެއާޕޯޓު ދޮޅު އަހަރުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ގުރައިދޫގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަތް ދުވަހުގެ ދަތުރުފުޅެއްގައި، ރައީސް މުއިއްޒު މިފަހަރު ވަނީ ހަތަރު އަތޮޅަކަށް ވަޑައިގެންފަ އެވެ. އެގޮތުން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިވަގުތު ތ. އަތޮޅުގައި ހުންނެވި އިރު މިރޭ ގުރައިދޫގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ތަފްސީލު ދެއްވާފައި ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ކުރަމުން ގެންދާ މަސަައްކަތްތަކާއި ގުޅޭގޮތުންނެވެ.

ގުރައިދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިރޭގެ ޖަލްސާގައި އެ ޕްރޮޖެކްޓު ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ވަނީ ހަވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި 2027 ވަނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ. ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ޕްރޮޖެކްޓު ނިންމައި އެ އަހަރުގެ ޖުލައި 26 ގައި ހުޅުވުމަށެވެ.

ރައީސް ވިދާޅުވީ މި އެއާޕޯޓު ވެގެން ދާނީ ރަށުގެ ތަރައްގީއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

ގުރައިދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނަށްވެފައިވާ ވައުދެކެވެ. އޭރު އެމަނިކުފާނު ވައުދުވެފައި ވަނީ ގުރައިދޫގެ އެއާޕޯޓު ތަރައްގީކޮށް އެ އަތޮޅުގެ ދިޔަމިގިލިއާއި، މަޑިފުށި ކޯޒްވޭއަކުން ގުޅުވާލުމަށެވެ.

އެއަށް ފަހު ރައީސްގެ ވައުދާއި އެއްގޮތަށް އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ގެންދަން ބިން ހިއްކުމުގެ މަޝްރޫއު ފެށިގެން ދިޔައީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

މި ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރާއިރު އާބާދީގެ އަދަދަކީ 2،272 މީހުންނެވެ.

ތ. އަތޮޅުގައި ތިމަރަފުށީގައި ވެސް އެއާޕޯޓެއް އޮންނަ އިރު، މި އަތޮޅުގެ ދެ ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ވައުދުވި އެވެ. އެއީ ތިމަރަފުށީގެ އިތުރުން ވިލުފުށީގަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: