ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ހިޔާނާތާއި ގުޅިގެން އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި ޝާމިލުވާ އެންމެން ހޯދަންޖެހޭނެ: އާދަމް ޝަރީފް

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު. ފޮޓޯ: އެލްޖީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކުންފުނީގެ ހިޔާނާތުގެ ތުހުމަތުގައި އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި މުޅި މި މައްސަލައިގެ އެންމެ އަޑިއަށް ފީނައި މިކަމުގައި ޝާމިލުވާ އެންމެންނާމެދު އިންސާފުވެރި ތަހުގީގެއް ހިންގަން ޖެހޭކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ފެނަކަ ކުންފުނީގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަށް އަލިއަޅުވާލައްވާ އާދަމް ޝަރީފް ވިދާޅުވީ، މިފަހަރު ފެންމަތިވެފައިވަނީ 2،239،640،958 (2.2 ބިލިއަން ރުފިޔާ) ގެ ވައްކަމެއް ކަމަށެވެ. މިއީ ދައުލަތް ލޫޓުވުންކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ފެނަކަ ކުންފުންޏާއި، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލަވެސް ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

އެކަންކަން އޭރުވެސް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އޭރު އެމްޑީގެ ސަރުކާރުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވެސް އެކަމާ އަޅާވެސް ނުލި ކަމަށެވެ.

މީގެ އިތުރުން، މިއީ ފެނަކަ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދަށް އެކަނި ކުރެވޭނެ ކަންކަމެއް ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ނުހަނު ގިނަ މީހުންނަށް ބައި އަޅާފައިވާކަން އެނގެން އެބައޮތް ކަމަށެވެ.

އެހެންކަމުން އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި މުޅި މި މައްސަލައިގެ އެންމެ އަޑިއަށް ފީނައި މިކަމުގައި ޝާމިލުވާ އެންމެންނާމެދު އިންސާފުވެރި ތަހުގީގެއް ހިންގަން ޖެހޭ ކަމަށާއި، އަދި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ ދައުލަތުގެ ޒިންމާއެއްކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މި ކަންކަމުގައި މިހާ ދުވަސްވީއިރު އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ޤައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: