މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ހިލޭ ސަމާނު ލިބޭ ޕްރޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 3 ވަނަ ދުވަހު ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމައަށެވެ.
ދާދި ފަހުން މޯލްޑިވް ގޭސްއިން ވަނީ އަހަރީ ދުވަހާއި ދިމާކޮށް، ލުއި ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެެވެ. މޯލްޑިވް ގޭހުން ބުނީ، މި ޕްރޮމޯޝަނުގައި ގިނަ ހިދުމަތްތަކެއް ހިމެނޭ ގޮތަށް ހާއްސަ ދެ ޕެކޭޖެއް ތައާރަފްކޮށްފައިވެ އެވެ. އެއީ ލުއި ބޭސިކް އާއި ލުއި ސްޑޭންޑާޑް ޕެކޭޖެވެ.
ލުއި ބޭސިކްގައި، ލުއި ފުޅި ރަޖިސްޓްރީ ކުރުމާއި އިންސްޓޯލް ކުރުމާއި ގޭސް ފުޅިއަށް ގުޅާ ހޮޅި އާއި ގޭސްފުޅީގައި ހަރުކުރާ ކްލިޕްގެ އިތުރުން 10 ކިލޯގެ ގޭސް ލިބޭނެ އެވެ. މި ޕެކޭޖުގެ އަގަކީ 1،250ރ. އެވެ. ސްޓޭންޑާޑް ޕެކޭޖުގެ އަގަކީ 1،435ރ. އެވެ. މި ޕެކޭޖުގައި ބޭސިކް ޕެކޭޖުން ލިބޭ ހުރިހާ ކަންކަމުގެ އިތުރަށް ގޭސް ފުޅިއަށް ބޭނުންވާ ރެގިއުލޭޓަރު ވެސް ލިބޭނެ އެވެ.
މި ޕްރޮމޯޝަން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. އަދި ކުންފުނީގެ އަމާޒަކީ ދިގު މުއްދަތަކަށް މި ޕެކޭޖުތައް ކުރިއަށް ގެންދިއުމެވެ.
މޯލްޑިވް ގޭހުން ލުއި ފުޅި ރާއްޖޭގެ ބާޒާރަށް ނެރުނީ ސެޕްޓެމްބަރު، 2014 ގަ އެވެ. އެއަށް ފަހު ލުއި ފުޅި ވިއްކުމާއި ގޭހުގެ ގިނަ ޕްރޮމޯޝަންތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

