ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ހަފްތާގައި އާޓިސްޓުންނަށް ގްރާންޓަށް ހުޅުވާލަނީ!

އިބްރާހިމް ވަހީދު (އަސްވާޑް)
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގެ ތެރޭގައި އާޓިސްޓުންނަށް ގްރާންޓަށް ހުޅުވާލާނެ ކަމަށާއި، އެހެންކަމުން އެންސީއޭގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އާޓިސްޓުންނަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު އަސްވާޑް ގޮވާލައްވައިފިއެވެ.

އެންސީއޭގެ އޯޕަންޑޭގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްވާޑް ވިދާޅުވީ މިއީ އަނބުރާ ދައްކަންޖެހޭ ލޯނެއް ނޫން ކަމަށާއި، ”މިއީ ހިލޭ އެހީއެއް“ ކަމަށެވެ. އަދި މި ގްރާންޓް ސްކީމްގެ ދަށުން އެހީ ލިބޭ ފަރާތްތަކުން މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަސްވާޑް ވިދާޅުވި ގޮތުގައި އާޓިސްޓުންނަށް ޚާއްޞަ ދަފްތަރެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ވަކި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވެ، ޕްރޮޕޯޒަލް ހުށަހަޅާ ހުރިހާ އާޓިސްޓުންނަށް މި ފުރުޞަތު ލިބިގެންދާނެއެވެ.

މި ގްރާންޓް ސްކީމްގައި ބައިވެރިވެވޭނެ ދާއިރާތަކުގެ ތެރޭގައި ކުރެހުންތެރިން، މިއުޒިޝަނުން، ފިލްމީ ދާއިރާގެ ފަރާތްތަކާއި އަދި ކޮންޓެންޓް ކްރިއޭޓަރުން ހިމެނޭނެ ކަމަށް މިނިސްޓަރ އަސްވާޑް ވަނީ ހާމަކުރައްވާފައެވެ. އަދި މި ސްކީމާ ގުޅޭ އިތުރު މަޢުލޫމާތު އެންސީއޭގެ ފަރާތުން ރާއްޖޭގެ ހުރިހާ އާޓިސްޓުންނާ ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ އަސްވާޑް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ގްރާންޓް ސްކީމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އާޓިސްޓުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ކުރިއެރުވުމެވެ. އަދި މި އެހީ ލިބޭ ފަރާތްތަކުން އިތުރަށް ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: