ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުދައްޔުގެ މަރު: ދެމީހަކު މެރުމަށް ޙުކުމްކޮށްފި

އުދައްޔުގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ދެމީހަކު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ އެ ކޯޓުގެ ގާޒީ އަލީ ނަދީމެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ.

އޭގެ ތެރެއިން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ އަހުމަދު ޝަމީމާއި މުހައްމަދު މާޒިންގެ މައްޗަށެވެ. އަދި އުދައްޔުގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައިވާތީ އެ ދެމީހުންވެސް މަރަން ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މީގެ އިތުރުން ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ ޝަރަފް ރަޝީދު ހަތް އަހަރަށް ޖަލަށްލާން ވަނީ ޙުކުމްކޮށްފައެވެ.

2021 ވަަނަ އަހަރުގެ 8 ފެބުރުވަރީ ވަނަ ދުވަހުގެ ރޭ ގއ. މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ވަނީ ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އޭނާ ވަޅުލާފައިވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.

މި މައްސަލައިގައި ނަގާފައިވާ ހެކިބަސްތަކަށް ބަލާއިރު، އުދައްޔުގެ ހަށިގަނޑު ބަލައި ފާސް ކުރި އޮފިސަރު ވިދާޅުވީ އޭނާގެ ބުރަކަށީގައި ތިން އިންޗީގެ ބޮޑު ޒަހަމެއް ހުރި ކަމަށެވެ. އަދި އުދައްޔުގެ ކަރުގައި ވަކި އެޅިފައި ހުރިކަމަށާއި، އޭނާގެ މޫނާ ދެ އަތާއި ފައިތިލައިގައި ޒަހަމްތަކެއް ހުރިކަމަށް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ކުޑަ ކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލިއެވެ. އެގޮތުން މި މައްސަލައިގައި އެ ކުއްޖާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައިވާ ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅާފައިވަނީ 14 ސެޕްޓެމްބަރު 2022ގައެވެ. އަދި އެ މައްސަލައިގައި ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅާފައިވާއިރު ގަސްދުގައި މީހަކު މެރުމުގެ ކުށުމުގެ ދައުވާއާ ގުޅިގެން 18 އަހަރާއި ނުވަމަހަށް ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި އޭނާ ބަންދުކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: