2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކްރެޑިޓް ކާޑު މެދުވެރިކޮށް މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާކަން ހާމަކުރައްވައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ގެނައި ބަދަލުތަކުގެ ތަފްސީލުތައް ހިއްސާ ކުރައްވާފަ އެވެ. މިއާއި އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތަފާތު ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.
އެގޮތުން:
- ކްލެސިކް ކާޑު: 750 ޑޮލަރުން 1400 ޑޮލަރަށް
- ގޯލްޑް ކާޑު: 750 ޑޮލަރުން 1500 ޑޮލަރަށް
- ޕްލެޓިނަމް ކާޑު: 1500 ޑޮލަރުން 2000 ޑޮލަރަށް
ރައީސް ވަނީ މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 500 ޑޮލަރުން 1،000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން މި މަހު އިއުލާން ކުރައްވައިފައެވެ.
އޭގެ އިތުރުން ރައީސް ވަނީ ނޮވެމްބަރު 11 އިން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަން ވެސް އިއުލާން ކުރައްވައިފައެވެ.

