ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްދޫ އެކްސިޑެންޓު މައްސަލައިގައި ސައިކަލު ދުއްވަން އިން މީހާއަށް ދައުވާ ކުރަން ފޮނުވައިފި

ލ. ކައްދޫގައި ހިނގި އެކްސިޑެން މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި މީހާ/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި މީހަކު ނިޔާވި މައްސަލައިގައި ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި އެވެ.

މިއީ މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ހިނގި މި ހާދިސާގައި އުމުރުން ދުވަސްވީ އަންހެނަކު ނިޔާވި މައްސަލައެކެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ލ. ކައްދޫ/ ހޯރަވިލާ، މުހައްމަދު ނައުސާން (37 އ.) އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އެ މީހާއަކީ، ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތެވެ.

މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ސައިކަލު،  ކަފިހިހުރަސް މަތީން ހިނގާފައި ދިޔަ 64 އަހަރުގެ މީހަކާއި، އޭނާގެ މާމަ ދަރިފުޅު ގައިގަ ސައިކަލުން ޖެހިގެންނެވެ.

އެކްސިޑެންޓުގައި ލ. މާވަށު/ އެތުމާ، މަރިޔަމް މޫސާ ނިޔާވީ ހާދިސާގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުމުގެ ސަބަބުން މިފަހުން ހިތާމަވެރި ގިނަ ހާދިސާތައް ވަނީ ހިނގާފަ އެވެ.

މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، މީހުންގެ ފުރާނައަށް ބެލުމެއް ނެތި، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއްކަމަށް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. މި ބިލު ހުށަހަޅާފައި ވަނީ މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: