ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމްގެ ޝަރީއަތް ނިމުމަކާއި ގާތައް؛ ބަކީ އޮތީ ހުކުމް ކުރުން!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފިއެވެ.

ބައްސާމްގެ މައްޗަށް ކުރާ ދައުވާ އަކީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށައަޅައިގެން، އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާކުރިކަމަށް ބުނެއެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ ބޭންކު ޗާޖުތައް އުނިކޮށް ކަމަށް ވާތީ، ބައްސާމްގެ އެކައުންޓަށް 9999 ޑޮލަރެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރަނީހިޔާނާތާއި މަނީލޯންޑަރިންގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ދައުލަތުން ބުނެފައިވަނީ ބައްސާމް ބޭނުންކުރީ އެފްއޭއެމްގެ ފައިސާކަން ޝައްކު ކުރެވޭ ހާލަތެއް ކަމަށް ވާތީ މަނީ ލޯންޑްރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ސާބިތުވާނެ ހެކި ހުރި ކަމަށެވެ. އަދި އެކި މަރުހަލާތަކުގައި އެކި ގޮތަށް ބައްސާމްގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

ބައްސާމްގެ ވަކީލް ވިދާޅުވީ އެއީ ކުށް ކޮށްގެން ހޯދި ފައިސާއެއް ނޫން ކަމަށް ބައްސާމް ބުނާ ކަމަށެވެ. އެއީ ކުށެއް ކޮށްގެން ހޯދި ފައިސާ ނުވަތަ އެއީ އެފަދަ ހާލަތަކަށް ޝައްކުވާ ފައިސާއެއް ބެލެވޭނެ ސަބަބެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އަދަދަކީ ބައްސާމަށް އެފްއޭއެމުން ދޭންޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ކަމަށް ޒުބައިރު ވިދާޅުވިއެވެ. އެ ފައިސާ ނެގުމަށް ލިޔުންތައް ތައްޔާރުކުރީ ބައްސާމް ނުވަތަ އޭނާކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ބައެއް ސުވާލުތައް ބައްސާމުއާ ކުރައްވާފައިވެއެވެ. އެގޮތުން ޑޮލަރު ގަތުމުގެ މުއާމަލާތްތައް ބައްސާމާއި އެފްއޭއެމާ ދެމެދު ކުރިން ކޮށްފައިވޭތޯ ގާޒީ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ބައްސާމް ބުނީ ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިން ވެސް ހިންގާ ކަމަށެވެ. ނަމަވެސް އެގޮތަށް ހިންގާފައި ހުރި މުއާމަލާތްތަކުގެ އަދަދު ހަނދާން ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި އަޑުއެހުން މިއަދު ނިމިފައިވާއިރު، ހުކުމް އިއްވާނެ ދުވަސް ކޯޓުން އަންގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: