ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ފޭސް 2 އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
ޅ. ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފޭސް 2ގެ ތަފްސީލު
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ)
ކޮންޓްރެކްޓް އަގު: 679,031,580.60 ރުފިޔާ (ހަ ސަތޭކަ ހަތްދިހަ ނުވަ މިލިއަން ތިރީސް އެންހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ ފަސްދޮޅަސް ލާރި)
ކޮންޓްރެކްޓްގެ މުއްދަތު: 630 ދުވަސް
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
މި މަޝްރޫޢުގެ ދަށުން ނައިފަރުގައި 44.8 ހެކްޓަރު ބިން ހިއްކައި، 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް، 803 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހިގެންދާނެއެވެ.

