ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ރާއްޖެއަށް އަސްކަރީ އެހީ ދީފި

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ރާއްޖެއަށް އަސްކަރީ ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފްއިން އާންމު ކުރި މައުލޫމާތުތަކުގައިވާ ގޮތުން އެމެރިކާއިން ހަދިޔާކޮށްފައި ވަނީ އެ މުއައްސަސާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ސާމާނެވެ.

އެމެރިކާގެ ފަރާތުން އެމްއެންޑީއެފްއާއި މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮންއެވެ. އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެވަޑައިގަތީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިންގ އިކުއިޕްމަންޓާއި، ޕަސަނަލް ގިޔަރގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެއެވެ.

މި ތަކެތީގެ ސަބަބުން އެ މުއައްސަސާއިން ކުރާ މަސައްކަތްތަކުގައި ކުރިއެރުން ލިބިގެންދާނެއެވެ

ސަފީރު، ޔޮން ވަނީ، ދެ ޤައުމުގެ ދިފާޢީ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެމެރިކާގެ ފަރާތުން ވެދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެންދާނެކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ޙިލްމީ ވިދާޅުވީ އެމެރިކާއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މި އިކުއިޕްމަންޓުގެ ސަބަބުން އެމްއެންޑީއެފްގެ ހަރަކާތްތެރިކަމާއި ޤާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

އެމްއެންޑީއެފްއިން ފާހަގަކުރި ގޮތުގައި މިއީ ދިިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދިފާޢީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ ސަލާމަތަށް ދެ ޤައުމުން ދެމުންދާ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ލިބިގެންދިޔަ މުހިންމު އެހީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: