ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރުގެ މާސްޓަރ ޕްލޭން: ހިޔާލު ހޯދުމަށް 9 އަތޮޅެއްގެ ޖުމްލަ 50 ރަށަށް ޒިޔާރާތްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން 20 އަހަރަށް އެކުލަވައިލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ކުރަމުން ގެންދާ ދަތުރުތަކުގެ ތެރެއިން، 9 އަތޮޅެއްގެ ޖުމްލަ 50 ރަށަށް ޒިޔާރާތްކޮށްފިއެވެ.

މި މަސައްކަތަށް ހާއްސަކޮށް އެކުލަވާލި ވިލުންތެރި ރާއްޖެ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި، ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން މިހާތަނަށް 9 އަތޮޅެއްގައި ފަށާފަވާއިރު، މީގެތެރެއިން 5 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ބައްދަލުވުންތައް ނިމިފަވާކަމަށެވެ.

މި މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފާއިވަނީ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހއ. އަތޮޅުގެ އިތުރުން ވ. އަތޮޅު އަދި އދ އަތޮޅަށްވެސް މިހާރު ވަނީ ޒިޔާރާތްކޮށްފައެވެ. މި 5 އަތޮޅުގައި ޖުމްލަ 34 ރަށް ހިމެނެއެވެ.

މިހާރު މި މަސައްކަތް ކުރިއަށްދަނީ ގދ.އަތޮޅު، މ.އަތޮޅު، ލ.އަތޮޅު އަދި ޅ.އަތޮޅުގައެވެ.

ރައްޔިތުންނާއެކު ބާއްވާ ”ކުރިމަގު ސައްލާ“ގެ ބައްދަލުވުންތައް ފަށާފަވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ. މި ބައްދަލުވުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާނެއެވެ. ގައުމީ ތަރައްގީގެ ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސިއާ މޯލްޑިވްސް އާއިއެވެ.

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަޝްވަރާ އިފްތިތާހު ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. މި ބައްދަލުވުން އިފްތިތާހުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ގައުމީ ފިކުރު އެއްކިބާކޮށް، ގައުމާއި އަންނަން އޮތް ޖީލުތަކަށް ފައިދާވާނެ ގޮތަށް ފަރުވާ ކުރެވޭނެ ސިޔާސަތަކަށް ވާތީ އެންމެހާ ރައްޔިތުންގެ ޝާމިލުވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ޕްލޭން ރާވައި ފުރިހަމައަށް ތަންފީޒު ކުރެވިއްޖެ ނަމަ، ރާއްޖެ 2040 ވަނަ އަހަރުގެ ކުރިން ފުރިހަމައަށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ގިންތި ކުރެވިގެން ދާނެކަމަށެވެ.

ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގެ އަމާޒަކީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމެވެ.

މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަންދިނުމަށާޓަކައި ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ލޯންޗުކުރާނެ ކަމަށް ”ވިލުންތެރި ރާއްޖެ“ ޓީމުން ވަނީ ބުންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: