ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޯބަރ 3 ގެ މުޒާހަރާއަށް އެންމެންވެސް ނިކުންނަން ޖެހޭ: ނަޝީދު

ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ފެށުމަށް ބޭއްވި ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރ 3 ވަނަ ދުވަހު އޮންނަ މުޒާހަރާއަށް އެންމެންވެސް ނިކުންނަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ވަކި ޕާޓީއެއްގެކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭކަމަށެވެ. މިއީ ކޮރަޕްޝަނާއި ދެކޮޅަށް ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

3 އޮކްޓޫބަރުގައި އެމްޑީޕީން މުޒާހަހާއަށް ނިކުންނަށް ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށައެޅި ގަރާރަކުންނެވެ.

މި ގާރާރު ހުށައަޅުއްވާފައި ވަނީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގެވެ. އޭނާ ހުށައެޅުއްވި ގަރާރުގައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މާލޭގައި މި ސަރުކާރައި ދެކޮޅަށް މުޒާހަރާ ކުރުމަށެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވުމާއި ހަމައަށް އެ އިހުތިޖާޖުތައް ސިިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށްވެސް އެ ގަރާރުގައިވެއެވެ.

އެ ގަރާރުގައި ރާއްޖޭގެ މިނިވަންކަމާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ގެއްލުވާލަން ބަޔަކު މަސައްކަތް ކުރާ ކޮންމެ ފަހަރަކު ނިކުންނަނީ އެމްޑީޕީން ކަމަށް ބުނެފައެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުން ދާ ކަމަށާއި އަދި ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް ހިންގާ ކަމަށް ބުނެފައެވެ.

މި ސަރުކާރުން ކުރަމުން ދާ ވައްކަމާއި، ކޮރަޕްޝަނާއި އަދި ޝަރުއީ ދާއިރާއަށް އަތް ބޭނުމާއި އެފަދަ ކަންކަމާއި ދެކޮޅަށް ނިކުތުމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި މިއީ ސަރުކާރު ްބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ނުދޭނެ ކަން ސާފުކޮށް ސަރުކާރަށް އެންގުން ކަމަށްވެސް ގަރާރުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: