ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައާ ގުޅޭ އެކި މައްސަލަތަކުގެ ތަޙުގީގަށްފަހު 21 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް އަންގާފައިވާނެ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނާ ގުޅޭ އެކި މައްސަލަތަކުގެ ތަޙުގީގަށްފަހު 21 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެނަކަ ކޯޕަރޭޝަންއާ ގުޅިގެން ނެރެފައިވާ ރިޕޯޓާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގެ އިޚްތިޞާސްއަށް ފެތޭ މައްސަލަތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ.

އޭސީސީން ހާމަކުރި ގޮތުގައި މިވަގުތު ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލަ ތަޙުގީގު ކުރަމުންދާއިރު، މީގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފަށާފައިވެއެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ފެނަކައާ ގުޅުންހުރި 9 މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި މިހާރުވަނީ ޙުކުމްވެސް ކޮށްފައެވެ.

އޭސީސީން އިތުރަށް ހާމަކުރި ގޮތުގައި ފެނަކައާ ގުޅޭގޮތުން 96 ކަމެއް އިސްލާޙުކުރުމަށް އެ ކުންފުންޏަށް އަންގާފައިވެއެވެ. މީގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، އަދި ކުންފުނިން ބަލައި ތަޙުގީގުކުރުމަށް 8 ކަމެއް ހިމެނެއެވެ.

އޭސީސީން ބުނާ ގޮތުގައި މިހާތަނަށް ފެނަކައާ ގުޅޭ މައްސަލަތައް ތަޙުގީގު ކުރުމަށްފަހު، 21،458،280.86 ރުފިޔާ (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: