ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މިނިސްޓަރު ރަމީލާ އެޗްއާރުސީއެމްއަށް އައްޔަނުކުރަން ނަން ފޮނުވައިފި

އައިޝަތު ރަމީލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު އިއްވި ސިޓީގައިވާ ގޮތުން، އެޗްއާރުސީއެމްގެ މެންބަރު މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 30 ވަނަ ދުވަހު ހަމަވުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަތް ހަމައެކަނި ނަމަކީ ޑރ. ރަމީލާގެ ނަމެވެ.

ޑރ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ނަމަވެސް ސިއްހީ ހާލަތު ތަންނުދިނުމުގެ ސަބަބުން އެ މަގާމުން އިސްތިއުފާ ދެއްވާފައިވެއެވެ.

34 އަހަރުގެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ޑރ. ރަމީލާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމިލީގެ މަގާމުތައްވެސް ފުރުއްވާފައެވެ. އެކަމަނާ ދައުލަތުގެ ޚިދުމަތް ފައްޓަވާފައިވަނީ 1990 ވަނަ އަހަރު ނަރުހެއްގެ މަގާމުންނެވެ.

ތަޢުލީމީ ގޮތުން މަތީ ފެންވަރެއް ހާސިލުކުރައްވާފައިވާ ޑރ. ރަމީލާ ވަނީ 2010 ވަނަ އަހަރު މެލޭޝިއާއިން ސޯޝަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އަދި ސަރުކާރުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ދާއިރާގައިވެސް އެކަމަނާގެ ޚިދުމަތް ދިވެހި ގައުމަށް ފޯރުކޮށްދެއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: