ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަމްޕަރުތައް ނަގައިފިއްޔާ އެކްސިޑެންޓް ގިނަވާނެ: މުއިއްޒު

ފުލުހުން ދަނީ ބަމްޕަރުތައް ނެގުމުގެ މަސައްކަތް ކުރަމުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބުރިޖު މަތީގައި ހުރި ސްޕީޑް ބްރޭކަރުތައް ނެގުމުން އެކްސިޑެންޓްތަށް އިތުރުވެ ބުރިޖަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް ކަމަށް ބުނެ ބުރިޖުގައި ހުރި ސްޕީޑް ބްރޭކަރުތައް ވަނީ ނަގަންފަށާފައެވެ. އެކަމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖްގެ ސްޕީޑު ބްރޭކަރުތަށް ނަގައިފިނަމަ ބާރު ސްޕީޑުގައި ދުއްވާ މީހުން އިތުރުވެ އެކްސިޑެންޓްތަށް ހިނގުމަށް މަގުފަހިވެ ބްރިޖް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަންވެސް ގެއްލިގެންދާނެ ކަަމަށެވެ.

https://twitter.com/MMuizzu/status/1180512029636907008

ބަމްޕަރުތައް ނަގާފައި ވަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީން މަޝްވަރާ ކުރުމަށް ފަހު އެވެ. ފުލުހުން ބުނީ ބަންޕަރުތައް ނަގާފައިވަނީ ވަގުތީގޮތުން ކަމަށެވެ. ބަމްޕަރުތައް ނަގާފައި ވަނީ ބަހައްޓާފައި ހުރި ގޮތުން، ބައެއް ކުދި އެކްސިޑެންޓުތައް ހިނގާތީ އެކަން މަދުކުރުމަށް ކަމަށް ފަލުހުން ބުނެއެވެ.

މާލެ ސިޓީގައި ހިނގާ އެކްސިޑެންޓްތަށް މަދުކުރުމަށް ފުލުހުން ތަފާތު އެކި އޮޕަރޭޝަންތަށް ހިނގައެވެ. އަދި ބްރިޖް މަތީގައި ބާރު ސްޕީޑުގައި ދުއްވާ މީހުން ދެނެގަތުމަށް ފުލުހުން ދަނީ ސްޕީޑު ގަން ބޭނުން ކުރަމުންނެވެ. މީގެ ސަބަބުން ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭނެ ކަމަށް. މިގަން އިން ސުމަކުން ފެށިގެން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، އެ ރެކޯޑްތައް ރައްކާކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: