ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސާބިތުކަމާއިމެދު ސުވާލެއް ނުކުރެވޭނެ: ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް މުހަަންމަދު ޝިފާޒް (ފޮޓޯ - ސޯޝަލް މީޑިޔާ)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑީމޮކްރަސީ ނެޓުވޯކް (އެމްޑީއެން) ގެ ރިޕޯޓާއި ގުޅިގެން ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ބަޔާން ދިފާއުކޮށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސްް އޮފީހުގެ މިނިސްޓަރ މުހަައްމަދު ޝިފާޒް ޓުވީޓެއް ކުރައްވައިފިއެވެ.

ބިރުވެރިކަމާއި ނާމާންކަމުގައި ރާއްޖެ ވަނިކޮށް ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެނެސްދިން ފަދައިން އިސްލާމްދީނާއި، ޤާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތައް ކަޝަވަރު ކޮއްދިނުމުގައި ރައީސް ސޯލިހްގެ ސާބިތުކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއްނެތް ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޝިފާޒް މިގޮތަށް ވިދާޅުވެފައިވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރައްވާ ރައީސް ސޯލިހް ނެރުއްވި ބަޔާނާއި ގުޅިގެންނެވެ.

ރައީސްގެ ބަޔާނުގައި ވިދާޅުވީ ގާނޫނު އަސާސީީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާ އިސްލާމްދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންވެފައިވާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ އެ ދީން ހިމާޔަތް ކުރުމަކީ ދިވެހި ރާއްޖޭގެ އެންމެ މަތީ ވެރިޔާއަށް ގާނޫނު އަސާސީން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ.

ރައީސް ސާލިހު ވަނީ ދީނީ ޝިއާރު ފާޅުކުރުމާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް އިސްލާމް ދީނުގެ މަތިވެރި އަސާސްތަކާއި ޚިލާފުނުވުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.

އެމްޑިއެންގެ ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ލާދީނީ އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ ދީނީ އިލްމުވެރިންނާއި އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: