ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން: 10،000 ރުފިޔާއިން މަތިވާން ޖެހޭ!

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިއީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގައި ދެ ޝަރުތެއް ފުރިހަމަވާން ޖެހެއެވެ.

އޭގެ ތެރެއިން އެއް ޝަރުތަކީ ހިމެނެނީ ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ޚިދުމަތް މެދުކަނޑައިލުމުގައި ޢަމަލުކުރާ އުސޫލުގެ ދަށުން ފައިސާ ދައްކަން އަންގައިފައިވުމާއި، އެ އެންގުމުގެ މުއްދަތު ފާއިތުވެފައިވުމެވެ. އަދި ދެވަނަ ޝަރުތަކީ ނުދައްކާ ހުރި ފައިސާގެ ޖުމުލަ އަ ދަދު 10,000 ދިވެހި ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރުވުމެވެ.

މި އުސޫލުގެ ދަށުން ހާމަ ކުރެވޭ މައުލޫމާތުތަކަށް ބަލާއިރު، ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި، އެހާތަނަށް ނުދައްކާ އޮތް ފައިސާގެ އަދަދާއި، ފައިސާ ދައްކަން ޖެހޭ ސަބަބު ފަދަ މައުލޫމާތުތައް ހިމެނެއެވެ. އެގޮތުން މި މައުލޫމާތުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ކަސްޓަމްސްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައިވެސް އިއުލާނު ކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މަދުވެގެން ކޮންމެ 2 މަހަކުން އެއް ފަހަރު މި މައުލޫމާތުތައް އަދާހަމަ ކުރަންޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ދެއްކުމަށް އެއްބަސްވެ އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން އަންނަ ފަރާތްތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގާ ފަރާތްތަކާއި، ނިޔާވެފައިވާ ފަރާތްތައް މި ލިސްޓުން އިސްތިސްނާވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: