ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާނާއި ޔާމީނުގެ މަރާގުޅޭ ދައުވާ އުފުލި މުއާޒްގެ ފަރާތުން ބަދަލު ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓަށް!

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި އަޙުމަދު މުއާޒްގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުންް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައިގައި މުއާޒް ހިމެނޭހެން ތިން މީހަކަށް ދައުވާ އުފުލީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށައެޅި މައްސަލަތަކާއި ގުޅިގެންނެވެ. އެގޮތުން އަހުމަދު މުއާޒްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އެހެންނަމަވެސް މި މައްސަލައިގައި އުފުލި ދައުވާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެހެންވެ މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

އެ ދައުވާތަކާ ގުޅިގެން 26 ޖޫން 2022ން ފެށިގެން 21 ނޮވެމްބަރު 2023 އާ ހަމައަށް އޭނާ ހުރީ ހައްޔަރުކޮށް ބަންދުކޮށްފައެވެ. އެހެންވެ އޭނާގެ ފަރާތުން ބަދަލު ހޯދުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިިގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަރު ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ހިންގާފައިވާ ތަހުގީގަކަށްފަހު ކަމަށާއި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތި މަރުކޮމިޝަނުން އެދިގެން ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރާ އަދި ދައުވާލިބޭ ފަރާތްތަކުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ނިންމާފައިވަނީ މި ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށެވެ.

އޭނާގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދައުލަތުން ވަނީ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައި، މަރު ކޮމިޝަނަކީ މިހާރު އުވިގެން ގޮސްފައިވާ އިދާރާއަކަށްވާތީ، ކޮމިޝަނުގެ މައްޗަށް ރައްދުވާ ގޮތަށް މި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައެވެ. ނަމަވެސް ހައިކޯޓުން ނިންމީ ރިޔާސީ ކޮމިޝަނުގެ އިތުރުން ވެސް ދައުލަތުގެ ބައެއް އިދާރާތަކަށް ދައުވާ ރައްދުވާތީ\ ދައުލަތުގެ ނުކުތާއާ މެދު މުޅި މައްސަލަ ބެލުމަށް ފަހު ގޮތެއް ނިންމުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: