ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ބޯހިޔާވަހިިކަމުގެ އަހަރުކަމަށް ސަރުކާރުން ބުނި، މިހާތަނަށް ފެށި އެއްވެސް މަޝްރޫއުއެއް ނެތް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ބޯހިޔާވަހިކަމުގެ އަހަރުކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވީ ހުސް ވައުދުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މައުރޫފް މިހެން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ގޯއްޗާއި، ފްލެޓު ދިނުމުގައި އޮޅުވާލުންތަކެއް ހިމެނޭކަމަށް ތުހުމަތު ކުރެވެމުން ދަނިކޮށެވެ. މީގެ ކުރިން ވެސް ސަރުކާރުން ބޭއްވި އެކި ޕްރެސްތަކުގައި ވަނީ ފްލެޓު ދޫކޮށްފައި ވަނީ އޭގެ އެންމެ ހައްގުވެރިންނަށް ނޫންކަމަށް ފާހަގަކޮށްފަ އެވެ.

އެންމެ ފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން، އެންޑް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެއް އާއިލާއަކަށް ދެ ފްލެޓު ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ.

މި ވާހަކަތައް ދޮގުކޮށް އެމްޑީޕީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފުރިހަމަ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް ބުނެ ދޮގު ވައުދުތައް ވެގެން ކަމަށެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޕީއެންސީއަށް ވޯޓު ދީފައި ވަނީ އެ އުންމީދުގައި ނަމަވެސް ސަރުކާރަށް ދެ އަހަރުވާން ދާއިރު ވެސް މިއިން އެއްވެސްކަމެއް ފުރިހަމަވާތަން ނުފެންނަކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތައް، ރައްޔިތުން ބޭނުންވާ އުސްމިނެއްގައި އިމާރާތްކޮށްދޭނެކަމަށް ވައުދުވި ކަމަށެވެ. އަދި ވެރިކަމާއި ހަވާލުވުމަށް ފަހު ވެސް، ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ 400 ފްލެޓު ވައުދުވީ ގޮތަށް ދޫކުރުމަށްކަމަށެވެ.

ރިޔާސީ ބަޔާން 2025 އަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ، އޭރު މިއީ ބޯހިޔާވަހިކަމުގެ އަހަރެއްކަމަށް ރައީސް މުއިއްޒު ރައްޔިތުންނަށް ޔަގީންކަން ދެއްވިކަމަށެވެ. އަދި ބަޖެޓުގައި ބޮޑު އިންސައްތައެއް ބޯހިޔާވަހިކަމަށް ހާއްސަކޮށްފައިވާނެކަމަށް ވިދާޅުވީއިރު އަހަރު ނިމެންދާއިރު އެ ޕްރޮޖެކްޓުތައް ކޮބައިތޯ މައުރޫފް ސުވާލު އުފެއްދި އެވެ.

މިހާތަނަށް ބޯހިޔާވަހިކަމާއި ގުޅުން ހުރި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަނެއްކާވެސް ރައްޔިތުންނަށް ވައުދުވަމުން ދަނީ އަންނަ އަހަރު ބޯހިޔާވަހިކަމުގެ ޔަގީންކަން ދޭނެކަމަށެވެ. އެހެންނަމަވެސް މިއީ ހުސް ވާހަކަތަކެއްކަމަށާއި، ކުރިޔަށް އޮތީ އިންތިހާބެއްކަމަށްވުމާއި އެކު އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސަރުކާރުން އެތައް ދޮގުތަކެއް ހަދަމުން ގެންދާކަމަށް މައުރޫފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: