ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގައި ކޮރަޕްޝަންގެ އިތުރު، މި ސަރުކާރުގެ ހާއްސަ އޮޑިޓު ވެސް ހަދަންޖެހޭ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ލަސްނުކޮށް، މިދިޔަ އެއް އަހަރުގެ ހާއްސަ އޮޑިޓުތައް ހަދަން ޖެހޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޮރަޕްޝަނުގެ ހިޔާނާތް ހާމަވެގެން އައި އޮޑިޓު ރިޕޯޓާއި އެކު، މަޖިލީހުގައި އެ މައްސަލައިގެ ބަހުސްތައް ދަނީ ކުރިޔަށެވެ. ސަރުކާރުގެ މެމްބަރުން އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އިދިކޮޅުން ތުހުމަތު ކުރަނީ މި ސަރުކާރުގެ އެތެރޭގައި ވެސް ހިޔާނާތް ހިނގާކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، މިނިވަން މުވައްސަސާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.

މި މައްސަލައިގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ، މިފަހުން ހެދި ހާއްސަ އޮޑިޓުތަކުގެ ސަބަބުން ގައުމުގެ ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ސާފުކޮށް ފެނިގެން ގޮސްފައިވާކަމަށެވެ. ހާއްސަކޮށް ފެނަކައިގެ އޮޑިޓަށް އިޝާރާތް ކުރައްވައި، މިހާރުން މިހާރަށް އިތުރު ހާއްސަ އޮޑިޓުތައް ހަދަންޖެހޭކަމަށް ޝަމްހީދު ވަނީ ގޮވާލާފައެވެ.

ޝަމްހީދު ވިދާޅުވީ، ފެނަކައަށް ހަދާފައިވާ އޮޑިޓަކީ މާޒީއަށް ހަދާފައި އޮތް އޮޑިޓެއް ނަމަވެސް، އެ އޮޑިޓުން ކުންފުނިތަކުގައި ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. މި ހާއްސަ އޮޑިޓުން ފެނިގެންދިޔައީ ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަންގެ ނުރައްކާތެރި މިންވަރުކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ޝަމްހީދު ވިދާޅުވީ، އޮޑިޓަރ ޖެނެރަލް މިހާރުން މިހާރަށް މިދިޔަ އަހަރުގެ ސްޕެޝަލް އޮޑިޓުތަކެއް ބައެއް ބޮޑެތި ކުންފުނިތަކުގައި ނުވަތަ ސަރުކާރުގެ އިދާރާތަކުގައި ކުރިޔަށް ގެންދަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ މިކަން ކުރަންޖެހެނީ ވީހާވެސް އަވަހަށްކަމަށާއި، މިހާރުގެ ހާލަތުވެސް އޮޅުންފިލުވައި، ކޮރަޕްޝަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށްޓަކައި މިއީ ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.

މީގެއިތުރުން އޮޑިޓު ހެދުމުގެ ދާއިރާ ފުޅާކުރުމަށް ވެސް ޝަމްހީދު ގޮވާލި އެވެ. އޭނާ ފާހަގަކުރެއްވީ، އޮޑިޓު ހަދަން ޖެހެނީ ހަމައެކަނި ދައުލަތުގެ މުދާ ގަތުމުގައި ނުވަތަ ޕްރޮކިއުމަންޓް ކަންތަކުގައި ނޫން ކަމަށެވެ. ދައުލަތުގެ ސިޔާސަތުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުންތަކަށް ވެސް ރިއާޔަތްކޮށް، އެފަދަ ކަންކަމުގައި ވެސް އޮޑިޓު ހަދައި، ޒިންމާދާރުކަން ކަށަވަރުކުރަން ޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މިފަދަ އޮޑިޓުތަކަކީ ދައުލަތުގެ މާލިއްޔަތު ރަނގަޅު ގޮތުގައި ބެލެހެއްޓުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޝަމްހީދު ވިދާޅުވީ ކޮންމެ އޮޑިޓު ރިޕޯޓެއްގެ ވެސް ތަފްސީލުތަކުން އެނގޭގޮތުގައި، ދައުލަތް ލޫޓުވައިގެން އެތައް ބަޔަކު ފައިސާ ނަގަ އެވެ. މިކަމުގެ ސަބަބުން، މިއަދު ދިވެހި މުޖުތަމައުގައި ކޮރަޕްޓު ފައިސާއިން މުއްސަނދިވެގެން ތިބި ބަޔަކު އުފެދިފައިވާކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: