ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާކަމަށް ބުނެ ސްކޭމް މެސެޖްތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިކަމާއި ގުޅިގެން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި މި މެސެޖުތައް ފޮނުވަމުން ދަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައެވެ.

އެޗްޑީސީގެ ނަމުގައި ފޭކް މެސެޖްތަކެެއް ދައުރުވަމުންދާއިރު، މި މެސެޖްތަކުގައި ފޭކް ލިންކެއް ހިމަނާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ސްކޭމް ކުރާ ފަރާތްތަކުން ދަނީ އެ ލިންކް މެދުވެރިކޮށް ޒާތީ މައުލޫމާތާއި ޕާސްވޯޑްތައް ވައްކަންކުރަމުންކަމަށް ފުލުހުން މައުލޫމާތުދީފައިވެއވެެ.

ފުލުހުން ވަނީ މެސެޖްގައިވާ ލިންކަށް ނުފިތުމަށާއި އެކަން އެހެން ފަރާތްތަކަށް އަންގައިދިނުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްނަމަ، ކުންފުންޏައް ގުޅައި ވެރިފައިކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މި މެސެޖުގައިތަކުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭ ގޮތަށް ހުޅުވާލާފައިވާކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު އެފަދަ ލިންކުތަކުގެ ޝިކާރައަކަށް ވަނީ ވެފައެވެ. ވަކިން ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެފަދަ ލިންކުތަކަށް ކްލިކްކުރާ މީހުން އިތުރުވެގެންދިޔުމަކީ އެކަށީގެންވާކަމަށްވާއިރު، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސަށް ބޯލަނބާ، އެ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަމެއް ދިނުމަކީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމުކަކަމެއްކަމަށް ފުލުހުން އަންނަނީ ފާހަގަކުރަމުންނެވެ.

ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރި 1059 މައްސަލައިގެ ތެރޭގައި 491 އީ-ކޮމާސް ސްކޭމްގެ މައްސަލަ ހިމެނެއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕާސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ހިމެނެއެވެ.

އެންޓި-ސްކޭމް ސެންޓަރުން ވަނީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭ ގޮތަށް ރަށްރަށަށް ޒިޔާރަތްކޮށް، ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުންނަށް ހޭލުންތެރިކަމުގެ މައުލޫމާތު ދީފައެވެ. ސޯޝަލް މީޑިއާ، ޓީވީ، އަދި ރޭޑިޔޯ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެވިފައިވާއިރު، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %40 މީހުންނަށް މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި ”ސްކޭމް އައްޑަނަ“ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް މުޅި ރާއްޖޭގައި ގެންދިއުމަށް ވަނީ ލޯންޗުކޮށްފައެވެ.

އެންޓި-ސްކޭމް ސެންޓަރަކީ ސްކޭމާ ގުޅޭ ހުރިހާ މައްސަލަތަކަކާ ދެކޮޅަށް މަސައްކަތްކުރާ މައި މަރުކަޒެވެ. އެންޓި-ސްކޭމް ސެންޓަރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ސްކޭމްގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ނައްތާލައި، ރައްކާތެރިކަން ދެމެހެއްޓުމާއި، ރައްކާތެރި ޑިޖިޓަލް މާހައުލެއް އުފެއްދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: