ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ވެރިން ކޮރަޕްޝަން ހިންގާފައި އެކަމުން ރެކެވިގެން ނުވާނެ: ސައްތާރު

ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީތަކުގެ ވެރިން ކޮރަޕްޝަން ހިންގުމުން އެމީހުންނާމެދުވެސް އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވަނީ ކޮރަޕްޝަންގެ މައްސަލަތައް ޙައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ސައްތާރު ވިދާޅުވީ، އިންސާފު ލިބުމަކީ މިއަދު ނުހަނު އުނދަގޫ ކަމެއް ކަމަށާއި، އިންސާފު ނުލިބުމުގެ ސަބަބުންވެސް ކޮރަޕްޝަން އިތުރުވުމަށް މަގުފަހިވާ ކަމަށެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ފިޔަވަޅު ނޭޅުމަކީ ކޮރަޕްޝަން އިތުރުވާ ސަބަބުކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕުން މިފަދަ މައްސަލަތަކުން ރެކުމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތް ކުރާ ކަމަށެވެ.

ޕާޓީގެ ލީޑަރޝިޕްގައި ތިބޭ އެންމެން މި ތިބެނީ ގޮއްޓެއް ހަދައިގެން، އެ ގޮށީގެ ތެރެއަށް ވަދެ ނިވާވެގެން، އެ ގޮށީގައި ތިބޭ މީހަކަށް ތުހުމަތު އަމާޒުވާ ކޮންމެ ފަހަރަކު ބުނަނީ ތިއީ ސިޔާސީ ކަމެކޭ

މީގެ އިތުރުން، ކޮންމެ ބަޔަކުވެސް މިއަދު ބަލަނީ އުސޫލާ ޚިލާފަށް ކަންކަން ކުރެވޭތޯކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ތިމާ ތާއީދުކުރާ މީހާ ގޯސްކަމެއް ކުރިނަމަވެސް، އެހިސާބުން ގޯސްވަނީ އެކަމެއް ބަލާ މުއައްސަސާކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، މިކަންކަން ބަދަލުވާން ޖެހޭ ކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ޙައްލުވާނީ އޭރުން ކަމަށެވެ. އަދި ކުރިން މައްސަލަތައް ބަލާފައި ނުވުމަކީ ފަހުންވެސް އެކަން އެހެން އޮންނަންޖެހޭ ސަބަބެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ކޮރަޕްޝަންގެ މައްސަލަތައް ބަލާ އިދާރާކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަށީގެންވާ ބާރުތައް ނުލިބޭ މައްސަލަތަކާއި، ބާރުތައް ލިބުމުން އެ ބާރުގެ ނާޖާއިޒު ފައިދާ ނަގާ މައްސަލަތައްވެސް ފެންމަތިވެފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. ފުލުހުންގެ ތެރޭގައިވެސް އެކަންކަން އެހެން ފެންނަން އެބައޮތްކަމަށް މެމްބަރު ވިދާޅުވިއެވެ.

މިއީ ނިޒާމުގެ މައްސަލައެއްކަން ނުވަތަ ޤާނޫނީ ބާގަނޑެއްގެ ސަބަބުން ދިމާވާ ކަންކަންތޯ މުޅިން ސާފު ނުވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހަގީގަތުގައި މުޅި ޤައުމުގެ މެނޭޖްމަންޓު މިއަދު އޮޑިޓް ކުރަން ޖެހިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: