ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ”ޕިންކް ރިބަން ރަން-ވޯކް“އަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދީފި

ޕިންކް ރިބަން ރަން-ވޯކް އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ބޭއްވި ޕިންކް ރިބަން ރަން-ވޯކް އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި އަހަރުގެ  ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށެއްގަޔާއި 3 ރިސޯޓުގައިވެސް ބާއްވާފައިވެއެވެ. މި އިވެންޓަކީ  އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ސީއެސްއެމް އިން ބާއްވާ ހަރަކާތެކެވެ. ސީއެސްއެމް އިން ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށާއި، ކެންސަރު ބައްޔަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީ ފޯރުކޮށްދިނުމަށް އެކި ހަރަކާތްތައް ހިންގައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޕިންކް ރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ. އަދި ސީއެސްއެމްގެ އެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައި ވެއެވެ.

މީގެ އިތުރުންވެސް ބީއެމްއެލްއިން ގެންދަނީ އިޖުތިމާއީ އެކި ކަންކަމުގައި އަދި ރައްޔިތުންނަށް ފައިދާވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލްގެ ސީއެސްއާރް ޕްރޮގްރާމްގެ ތެރެއިންވެސް މިފަދަ އެކި ދާއިރާތަކަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: